ބޮން ދެނެގަންނަ ކުއްތާ މިއަހަރު ރާއްޖެ ގެންނާނެ - މިނިސްޓަރު އުމަރު

ބޮން ފަދަ ގޮވާތަކެތި ދެނެގަންނާނެ ކުއްތާ މިއަހަރުގެ ތެރޭގައި ގެނައުމަށް ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ދިޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ މިއަހަރު 16 ކުއްތާ ގެނައުމަށް ނިންމާފައިވާ ކަމަށެވެ.
"ގޮވާއެއްޗިހި ހޯދައި ދެނެގަންނަ، ގޮވާތަކެތީގެ ވަސްބަލާ ކުއްތާތައްވެސް އަންނާނެ،" މިނިސްޓަރު އުމަރު ވިދާޅުވިއެވެ.
މަސްތުވާތަކެތި ހޯދުމަށް މިހާރުވެސް ރާއްޖޭގައި ކުއްތާ ބޭނުންކުރެއެވެ. މިހާރު ބޭނުންކުރަމުންދާ ފާރަގެމައިގައި 16 ކުއްތާ ހިމެނޭއިރު އެ ކުއްތާތައް ގެނެސްފައިވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 26 ވަނަ ދުވަހުއެވެ.
ފާރަގެމައިގައި މިހާރު ހިމެނޭ 16 ކުއްތާ ގެނައުމަށް 80000 ޔޫރޯ ހަރަދުވި ކަމަށް ހޯމް މިނިސްޓްރީން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ