ރިޟްވާން ގެއްލުމުގެ ހަގީގަތް ހޯދާނެކަމުގެ ޔަގީންކަން އާއިލާއަށް ދީފިން - އުމަރު

ވީނުވީއެއް ނޭނގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲގެ މަންމަ އަދި ރިލްވާންގެ އާއިލާގެ އިތުރު މެންބަރުންނާ ހޯމް މިނިސްޓަރ އުމަރު ނަސީރު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން އުމަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިއަދު ރިޟްވާންގެ މަންމަ އަދި އާއިލާއާ ބައްދަލުކުރައްވާފައިވާ ކަމަށާއި ހަގީގަތް ހޯދާނެ ކަމުގެ ޔަގީންކަން ސަރުކާރުގެ ފަރާތުން އާއިލާއަށް ދީފައިވާ ކަމަށެވެ.
އަދި މި މައްސަލަ ތަހުގީގުކުރުމުގައި ފުލުހުން ނުފުރޮޅާ އެންމެ ގަލެއް ވެސް ނުބައްވާނެ ކަމަށް އުމަރު ވިދާޅުވިއެވެ.
ރިޟްވާން އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 7 ވަނަ ދުވަހުގެރޭ ދަންވަރު ހުޅުމާލޭ ފެރީ ޓާމިނަލްގެ ތެރެއިންނެވެ.
ރިޟްވާން ގެއްލުނުތާ 1 އަހަރުވެފައިވާއިރު، ފުލުހުން ވަނީ ރިޟްވާން ހޯދުމަށް ކުރާ މަސައްކަތް ހުއްޓާނުލާ ކުރިއަށްގެންދާނެ ކަމަށް، ވިދާޅުވެފައެވެ.
29 ޖަނަވަރީ 2015 ވަނަ ދުވަހު ކޮމިޝަނަރ އޮފް ޕޮލިސް ޙުސެއިން ވަޙީދު ވިދާލުވެފައިވަނީ ރިޟްވާން އާއި ވައްތަރު މީހާއާއި ބައްދަލުކޮށް ސުވާލުކުރުމުން އެއީ ރިޟްވާން ނޫންކަން އެނގިފައިވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ