އުލިގަމުގައި ހަތިޔާރު ގުދަނެއް ނުހުންނާނެ، މިފަދަ މުއާމަލާތެއް ސަރުކާރުން ނުކުރާނެ - އުމަރު

ހއ.އުލިގަމުގައި އަމިއްލަ ކުންފުންޏަކުން ހަތިޔާރު ގުދަނެއް ޤާއިމުކުރަން އުޅޭ ޚަބަރު ދިވެހި ސަރުކާރުގެ ފަރާތުން ހޯމް މިނިސްޓަރު އުމަރު ނަސީރު ދޮގު ކުރައްވައިފިއެވެ.
މިއަދު މީޑިޔާގައި ވަނީ، ބޭރުގެ ބޮޑެތި އުޅަނދު ފަހަރަށް ސެކިއުރިޓީ ދޭ މޯލްޓާގެ ކުންފުންޏަކުން ހއ.އުލިގަމުގައި ބަޑިއާއި ހަތިޔާރު ގުދަންކުރުމުގެ ހުއްދަ ސަރުކާރުން ދިންކަމުގެ ވާހަކަތަކެއް ފެތުރިފައެވެ.
ސޭފްޓީ އެޓް ސީ ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑް (އެސްއޭއެސްއެލް) ނަމަކަށް ކިޔާ މޯލްޓާގެ ކުންފުންޏަކަށް ރާއްޖޭގައި ހަތިޔާރު ގުދަންކުރުމުގެ ހުއްދަ ދިން ކަމަށް ޚަބަރު ފެތުރިފައިވާ އިރު، ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އުލިގަމުގައި ހަތިޔާރު ރައްކާކުރާ ގުދަނެއް ނުހުންނާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.
އަދި، ހަތިޔާރު ހިމެނޭ މިފަދަ މުއާމަލާތެއް ސަރުކާރުން ނުވެސް ކުރާނެ ކަމަށާއި، އެކަން ބަލައިވެސް ނުގަންނާނެ ކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވިއެވެ.
ދުވަހު ނޫސް "ހަވީރު"ގައި، މޯލްޓާގެ ކުންފުނިން ތައްޔާރުކުރި މާކެޓިންގ ލިޔެކިޔުންތަކަކާ ހަވާލާދީ މިއަދު ޝާއިޢުކުރި ޚަބަރުގައި ބުނެފައިވަނީ، މޯލްޓާގެ ކުންފުންޏަށް އުލިގަމުގައި އަމިއްލައަށް ގުދަނެއް ހަދައި، އެތަނުގައި ހަތިޔާރު ގުދަން ކުރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ