ދަ ޑިމޮކްރެޓްސްގެ ރައީސް އަދި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޙާބުގައި ވޯޓުލުމުގެ ޝަރުތު ހަމަވާ ފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ބުދަ ދުވަހު 12:00 ގައި ހުޅުވާލާނެކަމަށްވެސް އެ ޕާޓިން ބުނެފައިވެއެވެ. އަދި މި ލިސްޓަށް ޝަކުވާ ހުށަހެޅޭނެ އެންމެ ފަހު ތާރީހަކީ މި މަހުގެ 25 ވަނަ ދުވަސް ކަމަށް ވެސް ބުނެފައިވެއެވެ.
ޑިމޮކްރެޓްސް އެތެރޭގެ އިންތިޙާބު ބާއްވަން ތައްޔާރުވަމުންދާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވާ އުފެއްދެވި މި ޕާޓީގެ ބައެއް މެންބަރުން ޕާޓީއާއި ވަކިވި ނަމަވެސް ޕާޓީގެ ކުރިމަގު އޮތީ އުޖާލާކޮށް ކަމަށް ޕާޓީން ބުނެއެވެ. އަދި ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ދާދި އަވަހަށް އަނެއްކާވެސް ފަށާނެ ކަމަށް އެޕާޓީން ވަނީ ހާމަކޮށްފައެވެ.
ދަ ޑިމޮކްރެޓްސް ޕާޓީގެ ރައީސް އަދި ނައިބު ރައީސްގެ މަގާމު ހުސްވެފައިވާއިރު އެ ޕާޓީގެ ވަގުތީ ރައީސަކަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ހުސެއިން ފިރުޝާނު ވަނީ އިންތިހާބުކޮށްފައެވެ.
ޑިމޮކްރެޓްސްގެ ރައީސާއި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ