ރައީސް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިދިޔަ އޮކްޓޯބަރު 28 ވަނަ ދުވަހު ކެންޔާއަށް ކުރެއްވި ދަތުރުގެ ޚަރަދު ހޯދުމަށް އެދުމުން، ރައީސް އޮފީހުން އެ މައުލޫމާތު ދިނުމަށް އިންކާރުކޮށްފިއެވެ. މި ޚަރަދުތައް ސިއްރުކުރަނީ ރައްޔިތުންގެ ފައިސާ އިސްރާފުކުރި މިންވަރު ބޮޑުކަމުންނެވެ.
މި ދަތުރުން ދިވެހިރާއްޖެއަށް ލިބުނު އެއްވެސް ފައިދާއެއް ނެތެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ރަސްމީ ދަތުރެއްގައި ގިނިކަންޏާ ދާންޖެހޭ އެއްވެސް ސަބަބެއްވެސް ނެތެވެ. މިއީ ރާއްޖޭގެ އެއްވެސް ފަސްޓްލޭޑީއެއް ކުރެއްވި ކަމެއްވެސް ނޫނެވެ.
އަދަދު ނޫހުން މި މައުލޫމާތު ހޯދުމަށް ރައީސް އޮފީހަށް ހުށަހެޅި އާރްޓީއައި ރިކުއެސްޓަށް ޖަވާބުދިނުމުގައި، އެ ނޫހަކީ އިންސާނަކަށް ނުވާތީ އެ މައުލޫމާތު ނުދެވޭނެކަމަށް ބުނެ ބަހަނާ ދައްކައިފައިވެއެވެ.
މި ދަތުރުގެ ތަފްސީލު ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގި ނަމަވެސް، ރައީސް އޮފީހުން އަދިވެސް އެ މައުލޫމާތު ހާމަނުކުރަނީ، ރައްޔިތުންގެ ޓެކްސް ފައިސާއިން ކުރި ބޭކާރު ޚަރަދުގެ މިންވަރު ބޮޑުކަމުން ކަމަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
ކުރިން އަދަދު ނޫހުން ހުށަހެޅި އާރްޓީއައި ރިކުއެސްޓްތަކަށް ޖަވާބުދީފައިވާއިރު، މިފަހަރު މައުލޫމާތު ނުދިނުމަށް މިފަދަ ބަހަނާއެއް ދެއްކުމުން، މިއީ ރައްޔިތުންގެ ފައިސާ އިސްރާފް ކޮށްފައިވާ ބޭކާރު ދަތުރެއް ކަމަށް ރައީސް އޮފީހަށްވެސް އެ އިއުތިރާފު ވެވުނީ ނޫންތޯއެވެ. އެހެން ނޫނީ ދެން ކޮން ސިއްރު ކަމެއްތޯއެވެ.
ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވަނީ އާރުޓީއެލް ހުށައަޅަންވެސް ނުޖެހޭނެ ކަމަށެވެ. ނަމަވެސް، މައުލޫމާތު ހިފެއްޓުމުގައި، އަދި ސިއްރު ކުރުމުގައި މިވަރުގެ ސަރުކާރެއް ރައީސް މައުމޫނުގެ ސަރުކާރުގެ ފަހުން އަދި ނާދެއެވެ.
ސާޖިދާ ކެންޏާއަށް ކުރި ބޭކާރު ދަތުރުގެ ޚަރަދު ސިއްރު ކުރަމުން ދަނީ ރައްޔިތުންގެ ފައިސާ އިސްރާފު ކުރިލެއް ބޮޑު ކަމުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ