ގޮއިދޫގައި ބާއްވާ ފުޅަނގި ޗެލެންޖުގައި ވާދަކުރާ ރައިޑަރުންނަށް ޖާރޒީ ހަވާލުކޮށްފި

ރާއްޖޭގެ މޫދުކުޅިވަރުގައި ފާހަގަކޮށްލެވޭ ބ. ގޮއިދޫގައި ބާއްވާ "ބާ ގޮއިދޫ ކައުންސިލް ފުޅަނގި ޗެލެންޖް 2026" ކައިޓް ސާފިން މުބާރާތުގައި ވާދަކުރާ ރައިޑަރުންނަށް ޖާރޒީ ހަވާލުކޮށްފިއެވެ. ގޮއިދޫ ކައުންސިލުން އިސްނަގައިގެން، "ބާ ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީ" އާ ގުޅިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތަކީ ރާއްޖޭގެ ކައުންސިލަކުން އިސްނަގައިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މިފަދަ ފުރަތަމަ ކައިޓްސާފިން މުބާރާތެވެ. މިއަދުން ފެށިގެން ޖުލައި 5 ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ތެރޭގައި އެތުލީޓުންނާއި އޮފިޝަލުންނަށް އެ ރަށުގައި ގިނަ ލުއިފަސޭހަތަކެއް ވަނީ ހަމަޖައްސައިދީފައެވެ. "ފުޅަނގި ޗެލެންޖް 2026" ކައިޓް ސާފިން މުބާރާތުގައި ވާދަކުރާ ރައިޑަރުންނަށް ޖާރޒީ ހަވާލުކުރަނީ-- މުބާރާތް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި މޫދު ކުޅިވަރުތައް އާލާކޮށް، މި ދާއިރާ އިތުރު ހަރުފަތަކަށް ގެންދިއުމަށް އެހީތެރިވެދިނުމެވެ. މި އަހަރުގެ މުބާރާތުގައި ޖުމްލަ 38 ރައިޑަރުން ވާދަކުރާއިރު، އޭގެ ތެރޭގައި ހިމެނެނީ ގޮއިދޫން ބޭރުގެ 30 ރައިޑަރުންނާއި އެ ރަށަށް ނިސްބަތްވާ 14 ރައިޑަރުންނާއެކު ޖުމްލަ 44 ރައިޑަރުންނެވެ. ކެޕްޝަން.. މި މުބާރާތް ކުރިއަށްދާނީ ރޭސް އަދި ފްރީސްޓައިލް ކެޓެގަރީތަކަށް ބަހާލައިގެންނެވެ. ރޭސް ކެޓެގަރީން އެއްވަނައަށް ހޮވޭ ފަރާތަކަށް 10,000 ރުފިޔާ، ދެވަނައަށް 5,000 ރުފިޔާ، އަދި ތިންވަނައަށް ދާ ފަރާތަކަށް 3,000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. ފްރީސްޓައިލް ކެޓެގަރީގެ އެއްވަނައަށް 10,000 ރުފިޔާ, ދެވަނައަށް 5,000 ރުފިޔާ ލިބޭނެއެވެ. އަދި ތިންވަނައަށް 3000 ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން މުޅި މުބާރާތުން އެންމެ މޮޅު އެތުލީޓަކަށް ހޮވޭ ފަރާތަކަށް "ފުޅަނގި ޓައިޓަލް ވިނާ" ގެ ޝަރަފާއެކު 15,000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ