ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 13) - ޕެރަގުއޭ 4-1 އިން ބަލިކޮަށް، މި ފަހަރުގެ ފީފާ ވޯލްްޑް ކަޕްގެ ބޮޑުބައި ކުޅުމަށް ހަަމަޖެހިފައިވާ އެމެރިކާ އިން މުބާާރާތުގެ ފެށުން ވަރުގަދަކޮށްފި އެވެ.
މިއީ، ޕެރަގުއޭ އަތުން އެމެރިކާ އިން ޖެހިޖެހިގެން ހޯދި ތިން ވަނަ މޮޅެވެ. އަނެއްކޮޅުން، މިއީ ވޯލްޑް ކަޕްގެ މެޗަކުން އެމެރިކާ މޮޅުވި އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ.
ޕެރަގުއޭ އިން މިއަދުގެ މެޗުގެ ފުރަތަމަ އެޓޭކް ކުރި ނަމަވެސް އޭގެ ފަހުން، ފުރަތަމަ ހާފުގައި މުޅިން ހެން ކުޅުނީ އެމެރިކާ އިންނެވެ. އަދި، އެ ޓީމުން ވަނީ މެޗުގެ ހަތް ވަނަ މިނިޓްގައި ލަނޑު ޖަހައިފަ އެވެ. މިއީ، އެމެރިކާގެ ކްރިސްޓިއަން ޕުލިސިޗް އާއި ވެސްޓަން މެކްކެނީ ގުޅިގެން ކުރި އެޓޭކެއް ހުއްޓުވަން އުޅުމުގެ ތެރޭގައި ޕެރަގުއޭގެ ޑަމިއަން ބޮބަޑިއްޔާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
އެމެރިކާ އިން ފުރަތަމަ ގޯލާ އެކު ލިބުނު ކޮންފިޑެންސާ އެކު، އިތުރަށް ކުުޅުން ރަނގަޅުކުރި އެވެ. އަދި، ފުރަތަަމަ ހާފުގައި އިތުރު ދެ ގޯލު ޖެހި އެވެ. އެ ގޮތުން، އެމެރިކާ އިން ފުރަތަމަ ހާފުގައި ޖެހި އަނެއް ދެ ލަނޑު ވެސް ކާމިޔާބުުކުރީ ފްލޯރިއަން ބަލޮގަން އެވެ. މެޗުގައި ބަލޮގަން ޖެހި ފުރަތަމަ ގޯލު އޮފްސައިޑް ވީ ނަމަވެސް، 31 ވަނަ މިނިޓްގައި އޭރިއާތެރެއަށް ޕުލިސިޗް ދިން ބޯޅައަކުން ހަަމަޖެހިލައިފައި ގޯލަށް ބޯޅަ ވައްދާލައި ބަލޮގަން ވަނީ އެމެރިކާގެ ލީޑުފުޅާކޮށްދީފަ އެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފަހު ވަގުތު އެމެރިކާ އިން ތިން ވަނަ ލަނޑު ޖެެހީ ބަލޮގަން އެވެ. މިއީ، އިންޑިވިޖުއަލީ މޮޅު ގޯލެކެވެ. ޕެރަގުއޭގެ ޑިފެންސް ފަހަތަށް އެމެރިކާގެ މަލިކް ޓިލްމަން ދިން ބޯޅަ ކޮންްޓްރޯލް ކުރުމަށް ފަހު، ބަލޮގަން ވަނީ ޕެރަގުއޭގެ ޑިފެންޑަރު، އޮމާރް އަލްޑެރޭޓޭ ކައިރިން ނައްޓާލުމަށް ފަހު ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.
ޕެރަގުއޭ އިން ދެ ވަނަ ހާފުގައި ކުޅެން ނުކުމެ، ފުރަތަމަ ހާފަށް ވުރެން ހުރިހާ ގޮތަކުން ރަނގަޅު ކުޅުމެއް ދެއްކި އެވެ. އެކަމަކު، އެމެރިކާގެ ގޯލްކީޕަރު، މެޓް ފްރީސް ޓެސްޓް ކޮށްލެވޭ ވަރުގެ ހަމަލާތަކެއް އުފައްދަން ވަގުތު ނެގި އެވެ. އެ ގޮތުން، ޕެރަގުއޭ އިން ލަނޑެއް ޖެހޭތޯ ކުރަމުން އައި މަސައްކަތް ކާމިޔާބުވީ މެޗުގެ 71 ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ ޖޫލިއޯ އެންސީސޯ ދިން ބޯޅައަކުން މައުރީސިއޯ އެވެ. ބަދަލަކަށް ކުޅެން އެރި މައުރީސިއޯ ވަނީ ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.
މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެމެރިކާގެ ފަހު ލަނޑު ޖެހީ ޖިއޯ ރެއިނާ އެވެ. ބަދަލަކަށް ކުޅެން އެރި ރެއިނާ އެރިއާރޮނގުކައިރިން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.
ޕެރަގުއޭ ބަލިކޮށް އެމެރިކާ އިން ވޯލްޑް ކަޕް ފެށީ ގަދަކޮށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ