ފުލުހުންގެ ރަސްމީ ތަރުޖަމާނަކަށް ޢާރިފް

ދިވެހި ފުލުހުންގެ ޚިދުމަތުގެ ރަސްމީ ތަރުޖަމާނުގެ މަޤާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢާރިފް އައްޔަންކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މިއަދުން ފެށިގެން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢާރިފް ރަސްމީ ތަރުޖަމާނުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގަތީ، މީގެ ކުރިން އެ މަގާމު ފުރުއްވި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާނުގެ ބަދަލުގައި ކަމަށެވެ.
މި ބަދަލާއެކު، މީޑިއާތަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމާއި، މުއައްސަސާގެ ފަރާތުން އާންމުންނާ ކުރާ މުއާމަލާތްތަކުގައި އެންމެ އިސްކޮށް ދެން ހަރަކާތްތެރިވާނީ ސުޕްރިންޓެންޑެންޓް ޢާރިފު ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ