ދާއިރާގެ ކަންކަމުގައި މެންބަރުން ގުޅުމުން އެއީ ކޮން ޕާޓީއެއްގެ މެންބަރެއްތޯ ބަލާކަން ވަޒީރުން ނުޖެހޭނެ: އައްބާސް

ވަޒީރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ މުޢާމަލާތު ކުރުމުގައި، އެ މެންބަރަކީ ވަކި ޕާޓީއަކަށް ނިސްބަތްވާ ފަރާތެއްތޯ ބެލުމަކީ މުހިންމު ކަމެއް ނޫން ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
އައްބާސް މިފަދައިން ވިދާޅުވީ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވާފައިވާ މިނިސްޓަރ ޠާރިޤު އިބްރާހީމްގެ ނަން، އެ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ މައްސަލަ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުގެ ބަހުސްގެ މަރުޙަލާގައެވެ.
އައްބާސް ފާހަގަކުރެއްވި ގޮތުގައި، މަޖިލީހުގެ 80 އިންސައްތަ މެންބަރުންގެ ފޯނު ކޯލުތަކަށް މިނިސްޓަރު ޒަމީރު ޖަވާބުދެއްވާފައި ނުވާ ކަމަށެވެ. އަދި ވަޒީރުންނަކީ މަޖިލީހުގެ މެންބަރުންނާ ރަނގަޅު ގުޅުމެއް ދަމަހައްޓާ ބައެއް ކަމުގައި ވާންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިތުރަށް އައްބާސް ވިދާޅުވީ، ރައްޔިތުންނާ ގުޅުންހުރި މައްސަލަތަކުގައި މެންބަރުން ގުޅުއްވުމުން، އެ މެންބަރަކީ ކޮން ދާއިރާއެއްގެ، ކޮން ޕާޓީއެއްގެ، ނުވަތަ ކޮން ގިންތިއެއްގެ މެންބަރެއްތޯ ބެލުމަކީ މުހިންމު ކަމެއް ނޫން ކަމަށެވެ.
އައްބާސް ވިދާޅުވިއެވެ.
މެންބަރުން ގުޅުމުން ފޯނު ނުނަންގަވާ ވަޒީރުންގެ ވާހަކަ މަޖިލީހުގައި ހާމަކުރާނެކަމަށްވެސް އޭނާ ވިދާޅުިވިއެވެ. އައްބާސް މައުލޫމާތު ދެއްވާފައިވާ ގޮތުގައި އޭނާ މިނިސްޓަރު ޒަމީރަށް ގުޅަނީ ނ. ވެލިދޫ ގައި ހޮސްޕިޓަލް އެޅުމުގެ މަޝްރޫއާއި ގުޅޭ ގޮތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ