ރައީސް ޞާލިޙް މިއަދު ހަވީރު ފުވައްމުލަކަށް ވަޑައިގަންނަވަނީ

ރައީސް ޞާލިޙް ފުވައްމުލަކަށް ވަޑައިގަންނަވަނީ އުފާވެރި އަމާން ރާއްޖެ ކެމްޕޭނަށެވެ. މިދަތުރުފުޅުގައި ކެމްޕޭންގެ އެކި ހަރަކާތްތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ.
އޭގެ ތެރޭގައި އަދާލަތު ޕާޓީގެ ޖަގަހަ އަދި އެމްޑީއޭގެ ޕޮލިޓިކަލް ސެންޓަރު ހުޅުވައިދެއްވުމާއި، އުތުރު، މެދު އަދި ދެކުނު ދާއިރާގެ ކެމްޕޭން ޓީމާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ދޫޑިގަން އަވަށު ފުޓްބޯޅަ ދަނޑު ހުޅުވައިދެއްވުމާއި، ފުވައްމުލައް ސްކޫލުގައި އަލަށް އިމާރާތްކުރެވުނު މަލްޓިޕަރޕަސް ހޯލު ހުޅުވައިދެއްވުމާއި، ހޯމް ސޯލަރ ޕްރޮގްރާމް ވެސް  އިފްތިތާހުކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ