އަޅުގަނޑުމެން އިސްކުރާނީ ރައްޔިތުން، ދުވަހުން ދުވަހަށް ރައްޔިތުންނާއި ގާތުން ޚިދްމަތްދިނުން: މުޢިއްޒު

ޕީޕީއެމް ކޯލިޝަންގެ ސަރުކާރެއްގައި އިސްކުރައްވާނީ ރައްޔިތުން ކަމަށާ އަދި ދުވަހުން ދުވަހަށް ރައްޔިތުންނާއި ގާތުން ޚިދްމަތް
ދިނުން ކަމަށް ޕީއެންސީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މުޢިއްޒު މިހެން ވިދާޅުވީ އިންތިޚާބުގެ ކެމްޕޭނަށް ރ.އަތޮޅަށް ކުރައްވަމުން
ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު އަނގޮޅިތީމަށް ކުރެއްވެވި ޒިޔާރަތުގައި އެރަށުގެ
ރައްޔިތުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަ ފުޅުގައެވެ.
ޑރ މުޢިއްޒުގެ ވާހަކަފުޅުގައި ވިދާޅުވީ އަނގޮޅިތީމުގައިވެސް ފަށައިގަނެ
ނުނިމިފައި ހުރި ތަރައްޤީގެ މަސައްކަތް ތަކެއް އެބަހުރި ކަމަށާއި، އެހެން އެކަން
ދިމާވަނީ ސަރުކާރުގެ އެންމެ މަތިން ފެށިގެން އެކި ލެވެލް ތަކުގައި  ދޭން ޖެހޭ ސަމާލުކަން ނުދީ ރައްޔިތިންގެ ކަންކަމުގައި
އަޅައިނުލައި ދޫކޮށްލުމުން ކަމަށެވެ.
Advertisement
"އަޅުގަނޑުމެންގެ ކިބައިން ފެންނާނީ އެގޮތެއް ނޫން، ރައްޔިތުން އިސްކުރާނީ،
ރައްޔިތުންނާއި ގާތުން ދުވަހުން ދުވަހަށް ޚިދްމަތްދިނުމުގައި ނިޒާމް އެކުލެވިފައި
އޮންނާނީ" މުޢިއްޒު ވިދާޅުވިއެވެ.
ކައުންސިލްތައް ބާރުވެރި ކުރެވޭނެ ކަމަށާއި ރައްޔިތުންގެ ކިބައިން ކަންކަން
ބަރާބަރަށް ކަންކަން އަޑު އައްސަވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ. ކަންކަމުގައި
ރައްޔިތުންގެ މަޝްވަރާ ހޯއްދަވާނެ ކަމަށާއި ކުރިއަށް ވަޑައިގަންނަވާނީ ހުރިހާ
ރައްޔިތުންނަކީ މުހިންމު ބައެއް ކަމަށް ދެކިވަޑައިގެންކަމަށެވެ.
ކޮންމެ ރަށެއްގެ ނިސްބަތުން އެރަށެއްގައި ތަރައްޤީގެ ކަންކަން ކުރިއަސް
ގެންގޮސް ދެއްވާނެ ކަމަށް ޑރ މުޢިއްޒު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ