ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ޖަލަށް ލާން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކޮށްފިއެވެ.
އަލީ ވަހީދު ޖަލަށް ލާން ހުކުމް ކޮށްފައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޖިންސީ ގޯނާގެ މައްސަލަތަކާއި ގުޅިގެން ކޯޓަށް ހާޒިރު ނުވުމުން ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ބުނެއެވެ.
މިގޮތުން އޭނާގެ މައްޗަށް 2021 ވަނަ އަހަރު އޮގަސްޓް މަހުގެ 11 ވަނަ ދުވަހު ދެމަހާއި 12 ދުވަހަށް އޭނާ ބަންދުކުރަން ދިވެހިރާއްޖޭގެ ސުޕްރިމް ކޯޓުން ހުކުމް ކުރިއެވެ.
އަލީ ވަހީދު މިއަދު ރާއްޖެ ވަޑައިގެންނެވީ، އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވާން ނެތްކަމަށް ބުނެ، ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް އަލީ ވަހީދުގެ މައްސަލަ އަނބުރާ ގެނައުމުންނެވެ.
އަލީ ވަހީދު މިއަދު ރާއްޖެ ވަޑައިގަންނަވަނީ ޓާކިޝް އެއާލައިންގެ ފްލައިޓެއްގައިކަމާއި، އެ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސާނެ ކަމަށް މިހާރު ލަފާ ކުރެވެނީ 13:37 ގައި ކަމަށް ވަގުތުގައި ރިޕޯޓްކޮށްފައިވެއެވެ
ޢަލީ ވަޙީދުގެ މައްޗަށް އުފުލި ދަޢުވާތައް:
1. ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ.2. ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ.3. ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ.4. ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ.5. ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ.
6. ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދަޢުވާ.
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މަޤާމުން ދުރުކުރި ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ރާއްޖެ ދޫކުރައްވާ ފުރާފައިވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަސް ތެރޭގައެވެ.ޢަލީ ވަޙީދުގެ މައްޗަށް ކުރާ ޖިންސީ ފުރައްސާރައިގެ މައްސަލާގައި އޭނާގެ ޕާސްޓްޕޯޓް ހިފަހައްޓާއިފައި އޮތުމަށްފަހު، އެމައްސަލަ މުރާޖަޢާކުރުމަށް ބޭއްވި ޝަރީޢަތުގައި ވަނީ ޕާސްޓްޕޯޓް ދޫކޮށްލާފައެވެ.އެ އަޑު އެހުމުގައި އަލީ ވަހީދުގެ ފަރާތުން ވަނީ އޭނާގެ ސިއްހީ ހާލަތު ބަޔާން ކޮށްދިނުމަށް ޑޮކްޓަރަކު ހެކީގެ ގޮތުގައި ހާޒިރުކޮށްފައެވެ. ޑޮކްޓަރު ވަނީ ޢަލީ ވަޙީދުގެ މައިބަދައިގެ ޑިސްކުތަކެއް ގުޑާފައިވާކަަމަށް ވިދާޅުވެ އެކަމަށް ބޭސްފަރުވާކުރަން ޖެހޭކަން ފާހަގަކޮށްފައެވެ. ޝަރީޢަތުން ވަނީ ޑޮކްޓަރުގެ ވާހަކަތަކަށް ރިޔާޢަތްކޮށް އޭނާގެ ޕާސްޓްޕޯޓް ހިފެހެއްޓުމަށް ނެރުނު ޢަމުރު ބާޠިލްކޮށްފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ކުރީގެ މިނިސްޓަރ ޢަލީ ވަޙީދު ޖިންސީ އަނިޔާ ކުރިކަަމަށް ތުހުމަތުކުރެވޭ މައްސަލާގައި އޭނާގެ ފުލުހުން ވަނީ ބަލައި ފާސްކޮށްފައި ވާއިރު މިހާތަނަށް 15 މީހެއްގެ ބަޔާން ނަގާފައިވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. އަދި މިމައްސަލާގެ ތަހުޤީގަށް ސުވާލުކުރުމަށް ޢަލީ ވަހީދުވެސް ވަނީ ފުލުހުންގެ ޢިދާރާއަށް ހާޒިރުކޮށްފައެވެ. މީގެ އިތުރުން މިމައްސަލައާއި ގުޅޭ އިތުރު ހެކި ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށްވެސް ފުލުހުން ކުރިން ވިދާޅުވެފައިވެއެވެ
އަލީ ވަހީދުގެ މައްޗަށް ސްޕްރީމް ކޯޓުން އިއްވި ޙުކުމްވެސް ބާޠިލް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ