ޑީއާރުޕީގެ ދަރަންޏަށް މައުމޫން ޒިންމާ ނުކުރެވޭނެ ކަމަށް ނިންމުމުން އެމްޓީސީސީން ހައި ކޯޓަށް

އެމްޓީސީސީއަށް ޑީއާރުޕީއިން ދައްކަންޖެހޭ ދަރަނި ދެއްކުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޒިންމާ ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމި މައްސަލަ އެމްޓީސީސީން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
ޑީއާރުޕީން ހޯދި ހިދުމަތްތަކަށް 1.1 މިލިއަން ރުފިޔާ އެމްޓީސީސީއަށް ދައްކަން ޖެހޭނެ ކަމަށް ކޯޓުން ކުރިން ހުކުމް ކޮށްފައި ވިޔަސް، އެ ފައިސާ ނުދައްކާތީ އެމްޓީސީސީން ސިވިލް ކޯޓުގައި އެދުނީ ސިޔާސީ ޕާޓީގެ ގަވާއިދުގެ ދަށުން އެ ދަރަނި ދައްކަން މައުމޫންގެ މައްޗަށް އަމުރުކޮށް ދިނުމަށެވެ.
އެއީ ދަރަނި އުފެދުނުއިރު ޕާޓީގެ ރައީސަކަށް ހުންނެވީ މައުމޫން ކަމަށްވާތީ ކަމަށް ބުނެ އެވެ.
ނަމަވެސް ސިވިލް ކޯޓުން މިދިޔަ މަހު ނިންމާފައިވަނީ އެ ފައިސާ ދެއްކުމަށް މައުމޫންގެ މައްޗަށް އަމުރު ނުކުރެވޭނެ ކަމަށެވެ. އެ ނިންމުން އިސްތިއުނާފް ކުރަން އެމްޓީސީސީގެ ފަރާތުން ހައި ކޯޓަށް ހުށަހެޅީ މިދިޔަ ހަފުތާގަ އެވެ. އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން ވަކި ގޮތެއް އަދި ނުނިންމަ އެވެ.
ކުރިން ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް ޑީއާރުޕީ މިހާރު އުވާލާފައި ވިޔަސް، އެ ޕާޓީގެ އެކި ފަރާތްތަކަށް ދައްކަންޖެހޭ ދަރަނިތައް އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ