އިންތިޚާބީ ޝަކުވާތައް ހުށަހެޅުމަށް ހައި ކޯޓުން ފަސޭހަ އިންތިޒާމުތަކެއް

ރިޔާސީ އިންތިޚާބާއި ގުޅޭ އިންތިހާބީ ޝަކުވާތައް ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް އެކަން ފަސޭހައިން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ހައިކޯޓުން މުހިންމު ފިޔަވަޅުތަކެއް އަޅައިފިއެވެ.
އިންތިހާބުތަކާއި ބެހޭ އާންމު ގާނޫނުގެ ދަށުން އިންތިހާބީ ޝަކުވާގެ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބެލުމުގެ އިހްތިސޯސް ލިބިގެންވަނީ ހައިކޯޓަށެވެ. އެހެންކަމުން އިންތިހާބީ ޝަކުވާގެ މައްސަލަތައް ހުށަހެޅުމަށް ބޭނުންވާ މީހުންނަށް އެކަން ފަސޭހައިން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ފިޔަވަޅުތަކެއް އެޅުމަށް ހައިކޯޓުން ވަނީ ނިންމާފަ އެވެ.
އެގޮތުން ސެޕްޓެމްބަރު 9 އަދި 10 ވަނަ ދުވަހު ހެނދުނު 09:00 އިން ރޭގަނޑު 22:00 އަށް ހައިކޯޓުގެ ކައުންޓަރު ހުޅުވާފައި ބެހެއްޓުމަށް ވަނީ ނިންމާފައވެެ. އަދި ސެޕްޓެމްބަރު 11 އިން ފެށިގެން އިންތިހާބީ ޝަކުވާގެ މައްސަލަ ހުށަހެޅުމަށް އޮތް މުއްދަތު ހަމަވާންދެން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 09:00 އިން 15:00 އަށް އަދި ރޭގަނޑު 20:00 އިން 23:00 އަށް ހައިކޯޓޫގެ ކައުންޓަރު ހުޅުވާފައި ބެހެއްޓުމަވެސް ވަނީ ނިންމާފައެވެ.
ހައިކޯޓުން ބުނެފައިވަނީ ކޯޓު ހުޅުވާފައި ހުންނާނެ ކަމަށް ބަޔާންކޮށްފައިވާ ގަޑިތައް ފިޔަވަވައި އެހެން ގަޑިތަކުގައި މިފަދަ މައްސަލައެއް ހުށަހެޅުމަށް ނުވަތަ މައުލޫމާތެއް ސާފުކުރުމަށް ބޭނުންފުޅުވާނަމަ 7902206 ނަންބަރު ފޯނުން ހައިކޯޓާއި ގުޅުއްވައިގެން ކުރިއަށްގެންދެވިދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ