އެއްވެސް މީހަކު ބާކީ ނުވާ މިންވަރަށް ވަޒީފާ އުފައްދާނަން - މުޢިއްޒު

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރެއްގައި ވަޒީފާއެއް ނެތް މީހަކު ނެތް މިންވަރަށް ވަޒީފާތައް އުފައްދައި ދޭނަން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
"މި ގައުމުގެ ކަންތައް ބައްޓަން ކުރުމުގައި ގައުމީ ފިކުރުގެ ބަޔަކާއި އެ މަސައްކަތް އެބަޖެހޭ ހަވާލުކުރަން. މި ގައުމުން ފެންނަނީ ގައުމީ ފިކުރުގެ ކޮންބައެއްތޯ ރައްޔިތުން ނިންމަންޖެހޭ. ޕީޕީއެމްގެ ފިކުރަކީ އެންމެ ފުރަތަމަ ގައުމު. ގައުމު އިސްކޮށް ކުރިއަށްދާންޖެހޭ އެހެންނޫނީ ތާ އަބަދަށް މުސްތަގްބަލް ބަނަވެގެން އެބަދޭ." މުއިއްޒު ވިދާޅުވިއެވެ.
މި ސަރުކާރުގެ ކިބައިން ފެންނަނީ އަނިޔާވެރިކަން އިންތިހާއަށް ގޮސްފައިވާ މަންޒަރު ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެތައް ރައްޔިތަކަށް އެތައް ގޮތަކުން އަނިޔާ ކުރަމުންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ. އިދިކޮޅުން ގާއިމްކުރާ އަނިޔާވެރިކަމަށް ތާއަނބަދަށް ނޫނެކޭ ބުނާނެ ސަރުކާރެއް ކަމަށް ވާނެ ކަމަށް ވިދާޅުވިއެވެ. އަދުލު އިންސާފު އޭގެ ހަމަ މާނަގައި ގާއިމްކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
އެންމެ އަސާސީ ކަންކަމުން ފެށިގެން ހުރިހާ ހިދުމަތެއް ފޯރުކޮށްދިނުމުގައު އަދުލުވެރިވާންޖެހޭ ކަމަށާއި އިދިކޮޅުގެ ސަރުކާރަކީ އަދުވެރިކަން އޭގެ އެންމެ ފުރިހަމަ މާނައިގައި ހިންގާނެ ސަރުކާރެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ޕީޕީއެމްގެ ޖަހަގަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، މިއަދު ގައުމު އޮތް ހާލަތަށް ރައްޔިތުން ވިސްނަންޖެހޭ ކަމަށެވެ. ފެންނަނީ ގައުމުގެ އޮޔާދާ މަންޒަރުކަމަށާއި ގައުމުގެ މިނިވަންކަން ގެއްލިގެންދާ މަންޒަރުކަމަށް މުއިއްޒު ވިދާޅުވިއެވެ.
ގައުމުގެ މިހާރުގެ ހާލަތާ މެދުވައި އިދިކޮޅުގެ ލީޑަރު ޔާމީން ވާހަކަފުޅުދައްކަވާތީ އެމަނިކުފާނު ޖަލަށްލާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ޔާމީން މިނިވަންކުރުމަށް ފަށާފައިވާ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށާއި އެ މަސައްކަތް ހުއްޓާލާނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ޔާމީން މިނިވަންކޮށްފައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ