ދިއްދޫ ފަރަށް އެރި ބާޖާއި ބޯޓުގެ ވެރިފަރާތް 100 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފި

ހއ. ދިއްދޫ ފަހއ. ދިއްދޫ ފަރަށް ބާޖާއި ބޯޓުގެ ވެރިފަރާތް ސަތޭކަ މިލިއަން ރުފިޔާ އިން ޖޫރިމަނާ ކޮށްފިއެވެ.
"ޓީބީ މުތާ ޕްރިންސަސް" ޓަގު ބޯޓާއި "މުތާ ޕްރައިޑް" ބާޖު އެރަށު ފަރަށް އަރާފައިވަނީ މި 2023 ވަނަ އަހަރުގެ މެއި މަހުގެ 2 ވަނަ ދުވަހުއެވެ.
އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވިދާޅުވީ މި އުޅަނދުތައް ފަރަށް އެރުމާއި ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ބަލާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ގަވާއިދުގެ ދަށުން 100,000,000.00/- (އެއްސަތޭކަ މިލިއަން) ދިވެހިރުފިޔާއިން އެ އުޅަނދުގެ ވެރިފަރާތް ކަމުގައިވާ އެޗްއާރްއެސް އިންފްރަޓެކް ލިމިޓެޑް (HRS Infratech Pte Ltd) ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ޖޫރިމަނާގެ ފައިސާ ދެއްކުމަށް އެ އެޖެންސީއަށް 30 ދުވަހުގެ ތެރޭގައި ދެއްކުމަށް 19 ސެޕްޓެންބަރު ގައި އެ ފަރާތަށް އަންގާފައިވާ ކަމަށް ވެސް އީޕީއޭ އިން ވިދާޅުވިއެވެ.
މި އުޅަނދުތައް ފުންކޮށް ނިމުމުން އެ ސަރަހައްދުގެ ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބެލުމަށް އެ އެޖެންސީން ވަނީ 12 މެއި ގައި އެ ސަރަޙައްދަށް ގޮސް އެ އުޅަނދުތަކުގެ ވެރިފަރާތުގެ ސަރވެޔަރަކާއެކު ސަރވޭކޮށްފައި ކަމަށާއި މިގޮތުން، ބެލިބެލުމުން އެ ފަރުގެ 4038 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް އެ އިދާރާ އިން ވިދޅާުވިއެވެ.
ހަމަމިއާއެކު ގަވާއިދު ނަންބަރު:2011/R-9 ގެ ދަށުން ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް ކަނޑައެޅުނު ޖުމްލަ ޖޫރިމަނާއާއި ބަދަލުގެ ޢަދަދަކީ 101,743,400.00 (އެއްސަތޭކަ އެއްމިލިއަން ހަތްލައްކަ ސާޅީސް ތިންހާސް ހަތަރުސަތޭކަ ރުފިޔާ) ކަމަށާއި ނަމަވެސް، ޤާނޫނު ނަންބަރު:4/93 ގެ ދަށުން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅެން އޮންނަ އެންމެ ބޮޑު ޢަދަދަކީ 100 (އެއްސަތޭކަ) މިލިއަން ރުފިޔާ ކަމުގައިވާތީވެ، 100 (އެއްސަތޭކަ) މިލިއަން ރުފިޔާ ޖޫރިމަނާގެ ގޮތުގައި 30 ދުވަހުގެ ތެރޭގައި އެ އެޖެންސީއަށް ދައްކާ ޚަލާސްކުރުމަށް އަންގާފައިވާ ކަމަށް އީޕީއޭ އިން ވިދާޅުވިއެވެ.
އީޕީއޭ އިން ވިދާޅުވީ ގާނޫނު ނަންބަރު:4/93 ގެ 10 ވަނަ މާއްދާގެ ދަށުން ބާޖު ފަރަށް އަރައިގެން ލިބިފައިވާ ގެއްލުމުގެ ބަދަލު، ޝަރީޢަތް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް އެޓަރނީ ޖެނެރަލްގެ އޮފީހާއި އެކުގައި ފެށުމަށް ކުރަންޖެހޭ ކަންތައްތައް މި މައްސަލައިގެ އިސްތިއުނާފް މަރުޙަލާއިން ނިންމާ ގޮތެއްގެ މަތިން ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ