އިއްޔެގެ އިންތިހާބުން ހާމަވީ ސަރުކާރާއެކު ދާއިރާގެ ރައްޔިތުން ތިބިކަން: ރައީސް

އިއްޔެ ނިމުނު ގުރައިދޫ ދާއިރާގެ އިންތިހާބުން އެނގިގެން ދިޔައީ އެ ދާއިރާގެ ރައްޔިތުން ތިބީ ސަރުކާރާ އެކީގައިކަންކަމަށް ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް މިފަދައިން ވިދާޅުވީ ކ.ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ވެރިކަންކުރާ އެމްޑީޕީގެ ފަރާތުން އެ ދާއިރާގެ ބައި-އިލެކްޝަނުގައި ވާދަކުރެއްވި މުޙައްމަދު ޝާޒު ކާމިޔާބުކުރެއްވުމާއި ގުޅިގެން މަރުހަބާ ކިޔުމަށް ކުރެއްވި ޓްވީޓެއްގައެވެ.
އެމަނިކުފާނު ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރެއްވި ޝާޒަށް ހޫނު މަރުޙަބާއެއް ވިދާޅުވާކަމަށާއި އެ އިންތިޚާބުން ހާމަވެގެން ދިޔައީ ސަރުކާރާއެކު ދާއިރާގެ ރައްޔިތުން ތިބިކަން ކަމަށެވެ.
ރައީސް އިބްރާހިމް އިތުރަށް ވިދާޅުވީ ފުރަތަމަ ފަހަރަށް އެދާއިރާގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބުވަމަކީ އެޕާޓީއަށް ލިބުނު ބޮޑުކުރިއެރުމެއްކަމަށެވެ.
ރައީސް އިބްރާހިމް ޝާޒަށް މަުހަބާ ވިދާޅުވެ ޓްވީޓެއް ކުރައްވާފައިވާއިރު އެ އިންތިހާބަށް ނުފޫޒު ފޯރުވުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
އެގޮތުން ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އިއުލާނުކުރުމާއެކު އެ ދާއިރާގައި ހިމެނޭ ގުޅީގެ ބިން ހިއްކުމުގެ މަޝްރޫޢު އިއުލާނުކޮށް، ވޯޓަށް ހަފުތާއެއްހައި ދުވަހަށް ވެފައިވަނިކޮށް އެމްޓީސީސީގެ ވަސީލަތްތައް އެ ރަށަށް މޯބަލައިޒްކޮށް މަސައްކަތް ފެށިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ