ރިޔާސީ ޕްރައިމާރީއާ މެދު ގޮތެއް ނިންމަން އަންނަ އަހަރު ގައުމީ ޖަލްސާ ބާއްވަން މައުމޫން ނިންމަވައިފި
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ ބޭއްވުމާ މެދު ގޮތެއް ނިންމަން އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޕާޓީގެ ގައުމީ ޖަލްސާއެއް ބާއްވަން ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ނިންމަވައިފި އެވެ. ޕީޕީއެމްގެ ރައީސް ފައްޓަވާފައިވާ ޕާޓީ އިސްލާހު ކުރުމުގެ ޓައިމް ލައިންގައިވާގޮތުން އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޕާޓީގެ ގައުމީ ޖަލްސާއެއް ބާއްވަނީ ދެކަމަކާ ގުޅިގެންނެވެ. އެގޮތުން އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި އޮންނާނީ ޕާޓީގެ ޑިމޮކްރަސީ ޑެފިސިޓް ނައްތާލުމަށް އަސާސީ ގަވާއިދަށް ގެންނަންޖެހޭ އިސްލާހުތައް ފާސްކުރުމެވެ. ދެވަނަ ކަމެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ގައުމީ ޖަލްސާއާ މެދު ގޮތެއް ނިންމުމެވެ. ރިޔާސީ ޕްރައިމަރީއެއް ބާއްވަން ގައުމީ ޖަލްސާއިން ފާސްކޮށްފިނަމަ ޕްރައިމަރީ ކެމްޕޭން އޮންނާނީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ. އަދި ޕްރައިމަރީ އޮންނާނީ ފެބްރުއަރީ މަހު ކަމަށް ވެސް އެ ޓައިމްލައިންގައި ކަނޑައަޅާފައި ވެއެވެ. ޕާޓީ އިސްލާހު ކުރުމުގެ މަޝްރޫއުގެ ޓައިމްލައިންގެ ތަސައްވުރުގެ ގޮތުގައި ކަނޑައަޅާފައި ވަނީ ޕީޕީއެމް އަކީ ޕާޓީގެ އަސާސީ ގަވާއިދަށާއި ޕާޓީގެ މައިގަނޑު އުސޫލުތަކަށް އިހްތިރާމްކުރާ ކޮރަޕްޝަންގެ ވަބާއިން ސަލާމަތްވެފައިވާ ދިވެހިރައްޔިތުންގެ ލާބަޔާ މަންފާއަށް މަސައްކަތް ކުރާ ޕާޓީއެއް ކަމުގައި އަލުން ހެދުމެވެ. ޕާޓީ އިސްލާހު ކުރުމުގެ މަޝްރޫއުގެ ޓައިމްލައިންގެ މަގުސަދުތައް ޕާޓީގެ އޮނިގަނޑާއި ހިންގުން ހަރުދަނާކޮށް ޕާޓީގެ އެތެރޭގެ ނިޒާމްތައް އިސްލާހު ކުރުން ޕާޓީގެ މައިގަނޑު އުސޫލުތަކަށް ރުޖޫއަވުން ޕާޓީގެ އިންތިޚާބީ މަގާމްތަކުގައި ތިބޭ ފަރާތްތައް އާންމު މެމްބަރުންނަށް ޖަވާބުދާރީ ކުރުވުން ޕާޓީގެ ޓިކެޓުގައި އިންތިޚާބުވެފައިވާ ފަރާތްތައް އެފަރާތްތަކުގެ ގައުމީ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުން ކަށަވަރު ކުރުން ގައުީ ޖަލްސާ އަކީ ދެފުށްފެންނަ ގޮތަށް، ޕާޓީގެ ސައްޙަ ގޮފިތައް ތަމްސީލުކުރާ އާންމު މެމްބަރުންގެ އަޑުއުފުލޭ ޖަލްސާއަކަށް ހެދުން ޕާޓީ އިސްލާހު ކުރުމުގެ މަޝްރޫއުގެ ޓައިމްލައިންގެ ލަނޑު ދަނޑިތަކެއް ވެސް މައުމޫން ވަނީ ކަނޑައަޅުއްވާފަ އެވެ. ލަނޑުދަނޑިތައް ޕާޓީގެ ހިންގުމުގައި އާންމު މެމްބަރުންގެ ހިއްސާ އިތުރުކުރުން ގައުމީ ކަންކަމުގައި ޕާޓީގެ ނިންމުންތައް ނިންމުމުގައި އާންމު މެމްބަރުންނަށް އެންމެ ފުޅާދާއިރާއެއްގައި ބަސްބުނުމުގެ ފުރުސަތު ފަހިކުރުން ޕާޓީގެ ޓިކެޓުގައި އިންތިޚާބުވެފައިވާ ފަރާތްތަކަކީ ޕާޓީގެ އާންމު މެމްބަރުންގެ ވިސްނުމާއި މަޝްވަރާއާ އެއްގޮތަށް އަމަލުކުރާ ފަރާތްތަކެއްގެ ގޮތުގައި ހެދުން. ޕާޓީގެ ޓިކެޓުގައި އިންތިޚާބުވެފައިވާ މެމްބަރުންގެ ނަޒާހަތްތެރިކަން ކަށަވަރުކުރުން އެ ޓައިމްލައިންގައި އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ކަންތައް ކުރުމަށް ވަނީ ކަނޑައަޅާފަ އެވެ. ޓައިމްލައިންގައި ކަނޑައަޅާފައިވާ ހަތަރު ވަނަ ފިޔަވަހީގެ މަސައްކަތް މިމަހުގެ އެއްވަނަ ދުވަހު ވަނީ ފެށިފަ އެވެ. އެ ފިޔަވަހީގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ތާރީޚަކީ އަންނަ އަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހެވެ. އެ ފިޔަވަހީގެ މަގުސަދެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ޕާޓީގެ ޓިކެޓުގައި އިންތިޚާބުވެފައިވާ ފަރާތްތައް އެފަރާތްތަކުގެ ގައުމީ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރާކަން ކަށަވަރު ކުރުމެވެ. ހަތަރު ވަނަ ފިޔަވަހީގެ މައިގަނޑު ހަރަކާތްތައް އިންތިޚާބުވެފައިވާ މެމްބަރު ގައުމީ މަސްލަހަތު ހިމެނޭ ކަންކަމުގައި ގައުމީ ވޯޓު ދެއްވާފައި ވަނީ އާންމު މެމްބަރުންގެ ޚިޔާލާ އެއްގޮތަށްތޯ ބެލުން. އިންތިޚާބު ކުރެވިފައިވާ މެމްބަރުން އާންމު މެމްބަރުންގެ ޚިޔާލު ހޯދަނީ ކިހާވަރަކަށްތޯ ބެލުން މެމްބަރާމެދު ކުރެވޭ އެކި އެކި ޝަކުވާތައް ބެލޭތޯ ނުވަތަ ނޫންތޯ ބެލު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ