ދިރާގާއި މަމްސް އެއިޑް ގުޅިގެން ރަމަޟާން މަހު 100 އާއިލާއަށް އެހީވަނީ

ދިރާގުން މަމްސް އެއިޑް ޖައްމިއްޔާއާ ގުޅިގެން "ރަމަޟާން އެއިޑް"ގެ ނަމުގައި ކެމްޕެއިނެއް ލޯންޗުކޮށްފި އެވެ.މި ކެމްޕެއިނާ ގުޅިގެން ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ މެނޭޖަރު ބިޝާރާ ހަމީދު ވިދާޅުވީ ރަމަޟާން މަހު ރާއްޖޭގައި، އެކި އެހީތެރިކަން ބޭނުންވެފައިވާ މައިންނަށް އެހީތެރިވުމުގެ ގޮތުން މަމްސް އެއިޑަށް އެއްބާރުލުން ދިނުމަކީ ދިރާގަށް ލިބޭ ބޮޑު އުފަލެއް ކަމަށެވެ. އަދި އަންހެނުން ބާރުވެރިކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުމަކީ ދިރާގުގެ ސީއެސްއާރުގެ ދަށުން ބޮޑު އަހަމިއްޔަތުކަމެއް ދޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ."ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެހީތެރިކަން ބޭނުންވަފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަމްސް އެއިޑުން މި ކުރަމުންދާ އަގުހުރި މަސައްކަތުގެ އަގު ވަޒަންކޮށް ޝުކުރު އަދާކުރަން،" ބިޝާރާ ހަމީދު ވިދާޅުވިއެވެ.މަމްސް އެއިޑްގެ ޕްރޮގްރާމް ޑިރެކްޓަރު ފާތިމަތު އުމްރާ ވިދާޅުވީ ދިރާގުގެ އެހީތެރިކަމުގެ ސަބަބުން ރަމަޟާން މަހަށް ބޭނުންވާ ކާބޯތަކެއްޗާއި ޒަރޫރީ ތަކެތި ހިމެނޭ ކެއާ ޕެކޭޖްތައް އެކަނިވެރި މައިންނާއި ހާއްސަ އެހީއަށް ބޭނުންވާ މައިންނާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަޅާލައި މައިންނަށް ފޯރުކޮށްދެވޭނެ ކަމަށެވެ."ރަމަޟާން އެއިޑް" ކެމްޕެއިނަކީ ރާއްޖޭގެ އެހީތެރިކަން ބޭނުންވެފައިވާ އާއިލާތަކަށް ސަޕޯޓްކުރުމުގެ ގޮތުން މަމްސް އެއިޑްއިން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ