އިިދިކޮޅު ޕާޓީތަކުގެ އެއްވުމުގައި ބައިވެރިނުވާން ގާސިމް އެދިވަޑައިގެންފި

"ދޭއް ޖޫންގެ މުޒާހަރާގައި ޕާޓީގެ ލީޑަޝިޕާއި އާންމު މެންބަރުން ބައިވެރިވެވަޑައިނުގަތުމަކީ އަޅުގަނޑުގެ އިހުލާސްތެރި ނަސޭހަތާއި އަދި އިލްތިމާސް އެކެވެ،"
ޗާގޯސް އާއި ރާއްޖޭގެ އިން ވަކި ކުރުމުގެ މައްސަލާގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯސް އޮފް ދަ ސީ (އިޓްލޮސް) އިން ނިންމި ނިންމުމުގެ ސަަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައިވާތީ އެކަމާއި ދެކޮޅަށް ބޮޑު ކުރިއަށް ގެންދަން ނިންމާފައިވާ ރެލީގައި ޖުމްހޫރީ ޕާޓީގެ މެންބަރުން ބައިވެރިނުވުމަށް އެ ޕާޓީގެ ލީޑަރު / ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އެދިވަޑައިގެންފި އެވެ.
ކަނޑު ބެހި މައްސަލައާ ގުޅިގެން ސިޔާސީ ޕާޓީތައް އެކުވެގެން ވަނީ "ކަނޑު ވިއްކުމާއި ދެކޮޅު އިއްތިހާދު" ގެ ނަމުގައި އިއްތިހާދެއް އުފައްދާފައެވެ. އެ އިއްތިހާދުން ވަނީ ޖޫން ދެ ވަނަ ދުވަހުގެ ރޭ ބޮޑު ރެލީ އެއް ބާއްވަން ނިންމާފައެވެ.އެ އިއްތިހާދުން ބޭއްވި ނޫސްވެެރީންގެ ބައްދަލްވުމުގައި ބައިވެރިވީ ޕީޕީއެމް - ޕީއެންސީ އާއި ޖުމްހޫރީ ޕާޓީ އާއި މޯލްޑިވްސް ނެޝަނަލް ޕާޓީ އަދި ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ހަރަކާތުންނެވެ. މީގެ އިތުރުން ކުރީގެ ބަންޑާރަ ނާއިބުން ކަަމަށްވާ ޑރ. މުހައްމަދު މުނައްވަރާއި އާޒިމާ ޝަކޫރު އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ބައިވެރިވެވަޑައިގެންނެވި އެވެ.ނަމަވެސް ކުރީންވެސް ބެލެވިފައި އޮތީ މި ހަރަކާތާއި ގާސިމް ދެކޮޅު ކަމަށެވެ. ގާސިމް މިއަދު ވަނީ ޖޭޕީގެ މެންބަރުންނަށް ހާއްސަ ގުރޫޕްތަކުގައި މެސެޖެއް ޖައްސަވާ ޖޫން ދޭއެއްގެ ރެލީގައި ބައިވެރިވެވަޑައިނުގަތުމަށް އެދިވަޑައިގެންފައެވެ. އެހެން ވިދާޅުވި ސަބަބެއް ކަމަށް ގާސިމް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި މެއި 1، 2015 ގައި މުޒާހަރާގައި ކަން ހިނގި ގޮތެވެ. ގާސިމް ވަނީ އެ މުޒާހަރާގައިވެސް ޖޭޕީން ބައިވެރިވެވަޑައިނުގަތުމަށް އެދިވަޑައިގެންނެވި ކަމަށް ވިދާޅުވެފައެވެ. އަދި އެ ދުވަހު ހިނގާދިޔަ ކަންކަން ހަނދާން ކޮށްދެއްވި އެވެ."ދޭއް ޖޫންގެ މުޒާހަރާގައި ޕާޓީގެ ލީޑަޝިޕާއި އާންމު މެންބަރުން ބައިވެރިވެވަޑައިނުގަތުމަކީ އަޅުގަނޑުގެ އިހުލާސްތެރި ނަސޭހަތާއި އަދި އިލްތިމާސް އެކެވެ،" ގާސިމްގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.
ޗާގޯސް އާއި ރާއްޖޭގެ އިން ވަކި ކުރުމުގެ މައްސަލާގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯސް އޮފް ދަ ސީ (އިޓްލޮސް) އިން ނިންމި ނިންމުމުގެ ސަަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައިވާތީ އެކަމާއި ދެކޮޅަށް ބޮޑު ކުރިއަށް ގެންދަން ނިންމާފައިވާ ރެލީގައި ޖޭޕީގެ މެންބަރުން ބައިވެރިނުވާން ގާސިމް އެދިވަޑައިގަތަސް އެ މައްސަލާގައި ސަރުކާރުގެ ވިސްނުމާއި ގާސިމްގެ ޖޭޕީގެ ވިސްނުން ތަފާތެވެ.މިދިޔަ ހަފްތާގައި އެ ޕާޓީން ވަނީ ކައުންސިލް ބައްދަލްވުމެއްގައި އެ މައްސަލަ އަށް ވަރަށް ފުޅާކޮށް ބަހުސްވެސް ކޮށްފައެވެ. ބަހުސްގެ ތެރެއިން ގާސިމާއި އެ ޕާޓީގެ ކައުންސިލް މެންބަރުން ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ."ކަނޑު ވިއްކުމާއި ދެކޮޅު އިއްތިހާދު" ގައި ޖުމްހޫރީ ޕާޓީގެ ޕީޖީ މެންބަރު / ކަައުންސިލް މެންބަރު އަލީ ހުސައިން ވަރަށް އިސް ދައުރެއް އަދާ ކުރައްވައެވެ. އެހެން ކަމުން ގާސިމް އެދިވަޑައިގެންނެވި ނަަމަވެސް އެ ރެލީގައި އަލީ ހުސައިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ