ހޫނު ގަދަ ދުވަސްވަރެއްކަމުން ސްޓެލްކޯއިން އެދެނީ ކަރަންޓް އިގްތިސާދުކުރުމަށް

މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވާގޮތަށް މި ދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރަކަށް ވުމުން، ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރުމަށާއި، ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް  ސްޓެލްކޯއިން އިލްތިމާސް ކޮށްފިއެވެ.
ސްޓެލްކޯއިން ބުނީ ހާއްސަކޮށް، ފިނި ކުރުމަށް ގެންގުޅޭ އޭސީ ފަދަ އާލާތްތަށް ބޭނުން ކުރުމުގައި އިތުރަށް ސަމާލުވެ، 25 ޑިގްރީއަށްވުރެ ދަށް ނުވާނެހެން ޓެމްޕަރޭޗަރ ބެހެއްޓުމަށް އިލްތިމާސް ކުރާކަމަށެވެ.
އިލެކްޓްރޯނިކް އާލާތްތައް ގަންނަ އިރު އިންވާޓާރ އަށް އިސްކަންދިނުމަށް އިލްތިމާސް ކުރާކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ