"ދެ ރައީސުން" ތިބި މައްސަލައިގައި އިދިކޮޅުން ސުޕްރީމް ކޯޓަށް

ނައިބު ރައީސް ފައިސަލް ނަސީމް، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާފައި ވާތީ، މިހާރު ރާއްޖޭގައި ދެ ރައީސުން ތިބި ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން ނިންމައިފި އެވެ.
ސުޕްރީމް ކޯޓަށް މިއަދު އެ މައްސަލަ ހުށަހަޅަން ނިންމާފައި އޮތް ނަމަވެސް، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ ރޭ އަވަހާރަވުމުވާ ގުޅިގެން އިދިކޮޅުން މިހާރު ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުން ފަސްކޮށްފަ އެވެ.
މިދިޔަ އަހަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަގާމުގެ މަސްއޫލިއްޔަތުތަކުން ވަގުތީ ގޮތުން އެކަހެރިވެ ވަޑައިގެންނެވީ ތައިރޮއިޑް އާލާސްކަންފުޅަކާ ގުޅިގެން ޑޮކްޓަރު ލަފާގެ މަތިން ތައިރޮއިޑް އޮޕަރޭޝަނެއް ކުރައްވަން ޖެހިވަޑައިގަތުމުންނެވެ.
އެއީ ހޭނައްތައިގެން ކުރާ އޮޕަރޭޝަނަކަށް ވާތީ، އެ އަހަރުގެ ފެބްރުއަރީ 25 ވަނަ ދުވަހު ރައީސް އިބްރާހީމް ސާޖަރީ ކުރެއްވި ވަގުތުގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަސްއޫލިއްޔަތުތައް އަދާކުރެއްވީ ނައިބު ރައީސް ފައިސަލް ނަސީމް އެވެ. ނައިބު ރައީސް އެ ދުވަހުގެ ހެނދުނު 6:00 ގައި ރައީސް ކަމުގެ ހުވާ ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ