"އަޅުގަނޑުގެ އެއްވެސް އިންޓްރްސްއެއް ނެތް ޕީޕީއެމާ ދިމާއަށް ދާކަށް. މާ ރީތި ތަޖުރިބާއެއް ނޫން އޮތީކީއެއް. އަޅުގަނޑުމެންނަކީ ޕީޕީއެމް ބައެއް ނޫން. އަޅުގަނޑުމެންނަކީ ޖޭޕީ މީހުން،"
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގައި އިސްކޮށް އުޅުއްވުމަށް ފަހު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި ބޭފުޅުންނަށް އަމާޒު ކުރެވޭ ފާޑުކިޔުންތަކަށް އެ ބޭފުޅުން ވަރުގަދައަށް މިއަދު ރައްދު ދެއްވައިފި އެވެ.
ދަނގެތީ ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހުމަދާއި ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދު އާއި ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކާއި ކެލާ ދާއިރާގެ ކުރީގެ މެންބަރު އަލީ އާރިފަކީ ކުރީން ޕީޕީއެމްގައި ވަރަށް އިސްކޮށް އުޅުއްވި ބޭފުޅުންނެވެ. ނަމަވެސް މަޖިލީސް އިންތިހާބުން ކުރިމަތިވެވަޑައިގެން ނާކާމިޔާބީއާއެކު އެ ބޭފުޅުން ވަނީ ޕީޕީއެމް ދޫކުރައްވާ ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީއަށް ވަޑައިގެންފައެވެ.އެ މެންބަރުންނަށް އިޝާރާތް ކުރައްވާ އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ވަނީ ޕީޕީއެމް ދޫކޮށްދިޔަ މެންބަރުންނަށް ދެން މަރުހަބާ ވިދާޅުނުވާނެ ކަމަށާ އެ މެންބަރުންނަށް ޕީޕީއެމްގައި ފުރުސަތު ނެތް ކަމަށް ވިދާޅުވެފައެވެ.ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި އަލުން ޕީޕީއެމާއި ގުޅިދާނެތޯ އެ ބޭފުޅުންނަށް ސުވާލު ކުރެވުނެވެ. އަދި ޖުމްހޫރީ ޕާޓީގައި މިވަގުތު ތިއްބެވިޔަސް އިލްހާމާއި ރިޔާޒް އާއި ނިހާން އަދި އާރިފަކީ ޕީޕީއެމްގެ މީހުން ކަމަށް ގިނަ ބަޔަކު ދެކޭތީ އެކަމާ ގުޅޭގޮތުންވެސް ސުވާލު އަމާޒު ކުރެވުނެވެ.ގާސިމްގެ އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި އިލްހާމް އަހުމަދު ވަނީ އެ ބޭފުޅުންނަކީ ޖުމްހޫރީ ޕާޓީގެ މެންބަރުން ކަމަށް ވިދާޅުވެ ޕީޕީއެމާއި ގުޅުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަަމަށް ވިދާޅުވެފައެވެ."އަޅުގަނޑުގެ އެއްވެސް އިންޓްރްސްއެއް ނެތް ޕީޕީއެމާ ދިމާއަށް ދާކަށް. މާ ރީތި ތަޖުރިބާއެއް ނޫން އޮތީކީއެއް. އަޅުގަނޑުމެންނަކީ ޕީޕީއެމް ބައެއް ނޫން. އަޅުގަނޑުމެންނަކީ [އިލްހާމް، ރިޔާޒް، ނިހާން، އަލީ އާރިފް] ޖޭޕީ މީހުން. އޮނަރަބަލް ގާސިމް އިބްރާހިމްގެ ލީޑާޝިޕްގައި އަޅުގަނޑުމެން މި ދަނީ ކުރިއަށް،" އިލްހާމް ވިދާޅުވިއެވެ.
ޕީޕީއެމާއި ގުޅިދާނެތޯ ސުވާލުކުރާ އުސޫލުން އެމްޑީޕީއަށް ދާނެތޯ ސުވާލު ނުކުރަނީ ކީއްވެގެންތޯ ރިޔާޒު ރަޝީދު ވަނީ ސުވާލު އުފައްދަވާފައެވެ. ރިޔާޒް ވިދާޅުވީ ގާސިމް އަރިހުގައި ތިއްބެވީ ސިޔާސީ ގޮތުން ވަރަށް ހަރުދަނާ ބޭފުޅުންތަކެއް ކަމަށާ އެ ބޭފުޅުންގެ ކެޕޭސިޓީއާ މެދު ސުވާލު އުފެއްދޭނެ ޖާގައެއް ނެތް ކަމަށެވެ."އަޅުގަނޑުމެން އެމްޑީޕީއަށް ގޮސްދާނެތޯ ސުވާލު ނުކުރަނީ ކީއްވެތޯ. އަޅުގަނޑުމެންގެ ބޭނުންތެރިކަން ނެތް ޕާޓީއެއް ކޮބައިތޯ،"ރިޔާޒް ވިދާޅުވީ 2008 ވަނަ އަހަރާއި 2013 ގައި އޭނާ ހުންނެވީ ގާސިމް އާއެކު އެވެ. އަދި ޕީޕީއެމާއެކު ގާސިމް ކޯލިޝަން ނުހެއްދެވިނަމަ ވެރިކަން ލިބުނީތޯ ސުވާލު ކުރައްވާ ހަޑި ވާހަކަ ނުދެއްކެވުމަށް ޕީޕީއެމްގެ ލީޑާޝިޕަށް އިލްތިމާސް ކުރެއްވިއެވެ. ޕީޕީއެމް ދޫކޮށްދިޔަ ބައެއް ބޭފުޅުންނަށް އަމާޒުކޮށް ދެން މަރުހަބާ ނުކިޔާނެ ކަމަށް ވިދާޅުވަނީ އެ ބޭފުޅުން ބޭނުންވާލެއް ބޮޑު ކަމުން ކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.ބޭނުންވާތީ އެ ވާހަކަ ދައްކަނީ"ޕީޕީއެމަށް ވެރިކަން ލިބުނީ ކިހިނެތްތޯ. މި ރިޔާޒު ރަޝީދުމެން މިއީ އެންމެ ބޮޑަށް އެ މަސައްކަތް ކުރި މީހުން،"
ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި އަލީ އާރިފްވެސް ވަނީ އެ ވާހަކަތަކަށް ރައްދު ދެއްވާފައެވެ. ވިދާޅުވީ އެ ބޭފުޅުން ވަރަށް ސާބިތުކަމާއެކު ތިއްބެވީ ގާސިމް އިބްރާހިމްގެ އަރިހުގައި ކަމަށެވެ. އަދި ކުރިއަށް އޮތްތާވެސް ތިއްބަވަނީ / ހުންނަވާނީ ގާސިމް ހުންނެވި ގޮތަކަށް ކަމަށް ވިދާޅުވިއެވެ.އާރިފް ވިދާޅުވި ގޮތުގައި މަރުހަބާ ނުކިޔާނެ ކަމަށް ވިދާޅުވިޔަސް މިހާރު ޕީޕީއެމަށް ވަޑައިގަތަސް އެ ބޭފުޅުންނަށް މަރުހަބާ ކިޔާނެ ކަމަށެވެ. އެއީ ސަތޭކަ ސަަޕެންޓް ޔަގީން ކަމެއް ކަމަށް ވިދާޅުވިއެވެ."އަޅުގަނޑުމެން ތިބީ ވަރަށް ސާބިތުކަމާއެކު ގާސިމް އިބްރާހިމްގެ އަރިހުގައި. ގާސިމް އިބްރާހިމް ނިންމެވީ ޕީޕީއެމާ އެކު ދާން ކަަމަށް ވެއްޖިއްޔާ ދާންވީ. އެމްޑީޕީ އާއެކު ކަމަށް ވެއްޖިއްޔާ ދާނަން. އިހަދުވަހުވެސް ދިޔައިންތާ ކޮމަންޑޫ ދާއިރާއަށް ގޮސްފައި އެމްޑީޕީއަށް ގޮނޑިއެއް ހޯދާދިނިން،" އާރިފް ވިދާޅުވިއެވެ.އާރިފް ވިދާޅުވީ ހުރިހާ ދިމާއަކަށް ޖުމްހޫރީ ޕާޓީގެ ދޮރު ހުރީ ހުޅުވިފައި ކަމަށް ގާސިމް ވިދާޅުވެފައިވާ ކަމަށާ ޖޭޕީ އޮންނާނީ އެ ގޮތުގައި ކަމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
"މިއީ ޖުމްހޫރީ ޕާޓީ މީހުން، ދާނީ ގާސިމް ވަޑައިގެންނެވި ކޮޅަކަށް"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ