“އައި އެމް ނޮޓް ކްރޭޒީ”، ވެރިކަމެއް ބޭނުމެއް ނޫން: ގާސިމް

ރާއްޖޭގެ ވެރިކަން އެމަނިކުފާނު ބޭނުންނުވާ ކަމުގައި ދިވެހި ރާއްޖޭގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އެއްބޭފުޅާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގައި ޖޭޕީއިން ކުރިއަށްދާނެ ގޮތެއް މިހާތަނަށް ނިންމާފައި ނުވާއިރު އިއްޔަ ގާސިމް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނަށް ގާސިމް ވިދާޅުވީ މިއަދު ބައްދަލުވުމުގައި ކުރެވުނީ ސިޔާސީ މަޝްރަހުގެ މަޝްވަރާ ކަމަށެވެ.
ގާސިމް ނޫސްވެރިންނަށް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާ އެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން ވާހަކަ ދައްކާނީ އެ ޕާޓީގެ ކައުންސިލުން ވަކި ގޮތެއް ނިންމުމުން ކަމަށެވެ.
އޭގެއިތުރުން، ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރުމާމެދު ގާސިމް ދެކިލައްވާ ގޮތާ ގުޅިގެން އަދި ވާހަކަ ދައްކަން ހިޔާލު ނުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
ގާސިމް ވަނީ2008 ވަނަ އަހަރު އަދި2013 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ވާދަކޮށްފައެވެ. އަދި މީގެން އެއްވެސް ފަހަރަކު ދެވަނަ ބުރާ ހަމައަށް ގާސިމް ދަތުރުކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ