ސްނޯކްލިންއަށް ދިޔަ ފަތުރުވެރިއަކު ގެއްލިގެން ހޯދަނީ

ސްނޯކްލިންއަށް ދިޔަ ފަތުރުވެރިއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓު ގާޑުން މިއަދު ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ ހޯދަމުން އަންނަނީ ސިނަމަން ދޮންވެލި ރިސޯޓު ކައިރިއަށް ސްނޯކްލިންއަށް ނުކުތް މީހެއް ކަމަށެވެ. ގެއްލިގެން ހޯދަނީ ފިރިހެން ފަތުރުވެރިއެކެވެ. އެއާއެކު އެމްއެންޑީއެފް މާލެ އޭރިއާ ސްކޮޑްރަނުން ގެންދަނީ އޭނާ ހޯދުމުގެ މަސައްކަތް މިހާރުކުރަމުންނެެވެ. ފަތުރުވެރިން ހިމެނޭ ކަނޑުމަތީގެ ހިތާމަވެރި ހާދިސާތައް ހިނގާ މިންވަރު އަންނަނީ އިތުރުވަމުންނެެވެ. ޚާއްސަކޮށް ޑައިވިން ނުވަތަ ސްނޯކްލިންއަށް ގޮސް އުޅުމުގެ ތެރޭ ދިމާވި ގިނަ ހާދިސާތަކުގައި މިފަހުން ފަތުރުވެރިންގެ ފުރާނަ ވަނީ ގެއްލިފައެވެ. އެއާއެކު މޫދަށް އެރި އުޅުމުގައި ފަތުރިވެރިންނަށް ކުރިމަތިވާ ނުރައްކާތަކުން ސަލާމަތްކުރެވޭނެެހެން ރައްކާތެރިކަމުގެ މިންގަނޑުތައް ސާފުކޮށްދީ އެ ކަންކަމަށް ސަމާލުވުމަށް ކަމާ ގުޅޭ ފަރާތްތަކަށް ޓޫރިޒަމް މިނިސްޓްރީން ވަނީ މި ފަހުން އިލްތިމާސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ