ޓްރެވަލް ގައީޒްގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ރަށު އެކްސްޕޯ 2025" ހުޅުމާލެ ސެންޓްރަލް ޕާކްގައި މއިަދު ފަށައިފިއެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކްގައި މިކަމަށްޓަކައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ރަށު އެކްސްޕޯ ފައްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. މި އެކްސްޕޯގައި 70 އަށްވުރެ ގިނަ ސްޓޯލް ވަނީ ބެހެއްޓިފައެވެ.
ރަށު އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ރަށު އެކްސްޕޯ އަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށްބޮޑު އިސްކަމެއްދެއްވާ އިވެންޓެއްކަމަށާއި، އިކޮނޮމިކް މިނިސްޓަރުގެ ހައިސިއްޔަތުން މިއަދު އިވެންޓަށް ހާޒިރުވީ މިކަމުގެ މުހިއްމުކަމުން ކަމަށެވެ. އަދި މިއީ ސަރުކާރުން ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދެއްވާ ސަމާލުކަން ހާމަވާކަމެއްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
Advertisement
ރަށު އެކްސްޕޯ 2025ގެ ތެރެއިން..
ރަށު އެކްސްޕޯ ކުރިއަށްދާނީ އަންނަ ހޮނިހިރުދުވަހުގެ ނިޔަލަށެވެ. މި އެކްސްޕޯގައި ތަފާތު އެކި ފިޔަފާރިތަކުގެ ޕެވީލިއަންތައް ފެނިގެންދާއިރު، މީގެ ތެރޭގައި ރަށު ކައުންސިލްތަކާއި، ރިސޯޓްތަކާއި، ގެސްޓްހައުސްތަކުގެ އިތުރުންވެސް ތަފާތު ފިޔަފާރިތައް ހިމެނެއެވެ. ރަށު އެކްސްޕޯއަކީ ދިވެހިރާއްޖޭގެ ރަށްތަކުގެ ރީތިކަމާއި ސަގާފަތާއި އެކިއެކި ހަރަކާތްތައް ދައްކުވައިދޭގޮތަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންތިޒާމުކުރާ މިބާވަތުގެ ފުރަތަމަ އެކްސްޕޯއެވެ.
ރަށު އެކްސްޕޯ 2025ގެ ތެރެއިން..
ރަށު އެކްސްޕޯއަކީ ލޯކަލް ޓޫރިޒަމަށް ހާއްސަ އެކްސްޕޯއެއްކަމުން މި އެކްސްޕޯގައި ރާއްޖޭގައި ހިންގާ ގިނަ އަދަދެއްގެ ގެސްޓްހައުސްތަކުން ބައިވެރިވެއެވެ. އެހެންކަމުން މިފަދަ އެކްސްޕޯއެއްގައި ބައިވެރިވުމުން ރަށް އިޝްތިހާރުވެ، އެރަށެއް ގިނަ ބަޔަކަށް އެންގި ރަށަށް ޝައުގުވެރިކަން އުފެދިގެން ދިއުމުގެ ފުރުސަތު ފަހިވެގެން ދާނޭކަމަށް އެކްސްޕޯ އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.
ރަށު އެކްސްޕޯ 2025ގެ ތެރެއިން..
މި އެކްސްޕޯ ތެރޭގައި ގެސްޓް ހައުސް އަދި އެހެނިހެން ލޯކަލް ޕެކޭޖްތައް ވިއްކާލުމުގެ ފުރުސަތު ލިބިގެންދާއިރު، އަތޮޅުތެރޭގެ ރަށްތަކުގެ މީރު އެކި އެކި ކެއުންތަށް ދައްކާލާ، އިޝްތިހާރުކުރެވި އަދި ވިއްކާލުމުގެ ފުރުސަތުވެސް ރަށު އެކްސްޕޯގެ ތެރެއިން ހުޅުވާލެވިގެންދާކަން ފާހަގަކޮށްލެވެއެވެ.
ޓްރެވެލް ގާއީޒްގެ "ރަށު އެކްސްޕޯ 2025" ހުޅުމާލެ ސެންޓްރަލް ޕާކްގައި ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ