ޖެނުއަރީ މަހު ރިޔާސީ ބަޔާން އިއްވަން ޖެހޭ ގޮތަށް ގަވާއިދު އިސްލާހު ކުރަނީ

ކޮންމެ އަހަރަކުމެ، މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިއްވާ ރިޔާސީ ބަޔާން ޖެނުއަރީ މަހަށް ބަދަލުވާނެ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިސްލާހު ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ކުރުކޮށްލުމަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއުއެވެ.
1. މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖެނުއަރީ މަހުގެ ނިޔަލަށެވެ.
2. މަޖިލީހުގެ ދެވަނަ ދައުރު ހިނގާނީ އެޕްރީލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށެވެ.
ފަހުގެ ތާރީޚުގައި ރިޔާސީ ބަޔާން އިއްވަމުން އައިސްފައިވަނީ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފުތާއެވެ. ނަމަވެސް ހުށަހަޅާފައިވާ ގޮތަށް ގަވާއިދު އިސްލާހު ކޮށްފިނަމަ ދެން ރިޔާސީ ބަޔާން އިއްވަން ޖެހޭނީ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ