އަމާޒަކީ ދިވެހިރާއްޖޭގެ މިނިވަން ކަމަށް 70 އަހަރު ފުރުމުގެ ކުރިން ރާއްޖެ އެއްކޮށް ތަރައްޤީވެފައިވާ
ޤައުމަކަށް ހެދުން ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް
މިފަދައިން ވިދާޅުވީ، މެލޭޝިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި
މިއަދު ބޭއްވި ދިވެހިރާއްޖެ- މެލޭޝިޔާ، ވިޔަފާރި ފޯރަމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖެއަކީ
އެންމެ ތަރައްޤީ ވެފައިވާ ޤައުމަކަށް ހެދުމަށްޓަކައި "ވިޝަން 2040" ގެ
ނަމުގައި މަޝްރޫއުއެއް ފަށާފައިވާ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރާއްޖެއަކީ
މުތަޤުބަލަށް ތައްޔާރުވެފައިވާ ޤައުމަކަށް ހެދުމަށް މަސައްކަތްތަކެއް ކުރައްވަމުންދާ
ކަމަށެވެ. އެގޮތުން، ރާއްޖޭގައި މިހާތަނަށް ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު މިހާރު
އިޢުލާންކޮށްފައިވާއިރު މެރިޓައިމް ދާއިރާ އާއި އެއަރޕޯޓް ތަރައްގީ ކުރުމާއި އިއާދަކުރަނިވި
ހަކަތައަށްވެސް އިންވެސްޓް ކުރަމުން އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ޑިޖިޓަލް
ޓްރާންސްފޯމަކަށް ތައްޔާރުވަމުން އަންނަ ކަމަށާއި އެކަމުގައިވެސް އެހީތެރިކަން
ބޭނުންވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
Advertisement
ރާއްޖެއިން އެކަނި މި އުންމީދުތައް ހާސިލެއް ނުކުރެވޭނެ، ކުރިއެރުންތައް އެންމެ ރަނގަޅަށް ހާސިލް ކުރެވެނީ އަހަރެމެން އެކަކު އަނެކަކަށް އެހީތެރިވެގެން
ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު ވިދާޅުވިއެވެ
ރާއްޖެ ތަރައްގީ
ކުރުމަށް ސަރުކާރުން ނިންމަވާފައިވާ ކަންކަން ހާސިލް ކުރުމަށް އިންވެސްޓްމަންޓުގެ ފުރުސަތުތައް
ހުޅުވާލާފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެގޮތުން، ރިއަލްއެސްޓޭޓާއި
ފަތުރުވެރިކަމާއި ޕޯޓް ލޮޖިސްޓިކްސް އާއި މެރިކަލްޗަރ އާއި އިއާދަކުރަނިވި ހަކަތައާއި
ވެލިއު އެޑެޑް އެކްސްޕޯޓްސް ފަދަ ދާއިރާތަކުން އިންވެސްޓް ކުރުމުގެ ފުރުސަތުތައް އެބަހުރި
ކަމަށާއި ސްޕެޝަލް އިކޮނޮމިކް ޒޯންގެ ތެރެއިންވެސް ޚާއްސަ ފުރުސަތުތަކެއް ހުޅުވާފައިވާކަމަށްވެސް
އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން
މިދިޔަ އަހަރު ތަސްދީކޮށްފައިވާ ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ސަބަބުން ރާއްޖޭގައި
އިންވެސްޓް ކުރާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުވެފައިވާ ކަމަށާއި ރާއްޖޭގައި
އިންވެސްޓްކޮށްގެން މެލޭޝިއާގެ ކުންފުނިތަކަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށްވެސް
އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖެ އޮތް
ސަރަހައްދުގެ ސަބަބުން މެރިޓައިމް އަދި ލޮޖިސްޓިކް ދާއިރާއިން ގިނަ ފުރުސަތުތައް އެބަހުރި
ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަކީވެސް އިންވެސްޓަރުންނަށް ފައިދާވާނެ
ދާއިރާއެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ
ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިސަރުކާރުން މެލޭޝިއާ އާއެކު ދޭދޭ ގުޅުމުގެ އިތުރުން
އިޤްތިޞާދީ ގުޅުންވެސް ބަދަހިކުރަން ތައްޔާރަށް ތިބި ކަމަށާއި ދެ ޤައުމުގެ ގުޅުމަކީ
އިތުބާރާއި ދެ ޤައުމުން ގަބޫލުކުރާ ހަމަތަކުގެ މައްޗަށް ބިނާވެފައިއޮތް ގުޅުމެއް ކަމަށެވެ.
އިތުރަށް ރައީސް ވިދާޅުވީ މެލޭޝިޔާގެ ޔުނިވާސިޓީތަކުން ރާއްޖެ ފަހުރުވެރިވާ ފަދަ ހިދުމަތްތެރިން އުފައްދާފައިވާ ކަމަށެވެ.
މި
ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓާރ އަހުމަދު ސައީދާއި މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު
އިބްރާހިމް ވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
އަމާޒަކީ މިނިވަންކަމަށް 70 އަހަރު ފުރޭއިރު، ރާއްޖެ އެއްކޮށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ