އިގްތިޞާދާއި މެދު ރައީސްގެ އުންމީދީ ތަސައްވުރެއް: މިއަހަރު %6.4 ކުރިއަރާނެ

މި އަހަރު ރާއްޖޭގެ އިގުތިސާދު 6.4 އިންސައްތައިން ކުރިއަރާނެ ކަމަށް އަންދާޒާ ކުރެއްވޭ ކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
އެކި ދާއިރާތަކުން ޤައުމުކުރިއަރުވައި ފާގަތި މުސްތަޤްބަލެއް ހޯދުމަކީ އެމަނިކުފާނުގެ އަޒުމްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ނިމިދިޔަ އަހަރަށް ވުރެ މި އަހަރު އިގުތިސާދީ ކުރިއެރުން ހަލުއިވާނެ ކަމަށެވެ.
ނިމުނު 2024 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒަރވްގައި 673.2 މިލިއަން އެމެރިކާ ޑޮލަރު ހުރިއިރު، މިއީ 2023 ވަނަ އަހަރު ނިމުނުއިރު ރިޒަރވްގައި ހުރި 590.5 މިލިއަން އެމެރިކާ ޑޮލަރަށްވުރެ 14 އިންސައްތަ އިތުރު އަދަދެއް ކަން ރައީސް ފާހަގަކުރެއްވިއެވެ.
ބޭރު ފައިސާގެ މައްސަލަ ހައްލު ކުރުމަށް ނިމުނު އަހަރު އަޅާފައިވާ މުހިންމު ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސް ވަނީ ބޭރު ފައިސާއާބެހޭ ޤާނޫނެއް އެކުލަވާލައި ތަންފީޒުކުރަން ފެށުމަކީ މިގޮތުން އެޅުނު އެންމެ މުހިންމު ފިޔަވަޅު ކަން ފާހަގަ ކުރައްވާފައެވެ.
އެމަނިކުފާނު ވިދާޅުވީ މި ބަދަލުތަކުގެ ހެޔޮ އަސަރު ކައިރި މުސްތަގުބަލުގައި ދައުލަތުގެ ރިޒާވަށް ކުރަންފަށާނެ ކަމަށާއި އާންމު ރައްޔިތުންގެ ދިރިއުޅުމަށް އެ ތިޔާގިކަން ފޯރަން ފަށާނެ ކަމަށެވެ.
ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށް، ދިރިއުޅުމުގެ ޚަރަދުތައް އިތުރުވިޔަނުދީ ހިފެހެއްޓުމަކީ އިޤުތިޞާދީ ސިޔާސަތުތަކުގެ އެންމެ މުހިންމު އެއް އަމާޒު ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ