"އެހެންނަމަވެސް އެބޭފުޅުން އަޅުގަނޑުމެން ގަދަކަމުން، އަޅުގަނޑުމެންނަށް އަނިޔާކޮށްފަ ނެރުނީ. އަޅުގަނޑު ފައިގަ ވަރަށް ގިނަ ތަންތަނުން އެބަ ލޭ އާދޭ،" ނާޒިލް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިދައުރު ފެށުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވި ވަގުތު އިހުތިޖާޖުކުރި އެމްޑީޕީ މެންބަރުން ތަޅުމުން ނެރުނީ ގަވާއިދާ ހިލާފަށް ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.
ރައީސް ރިޔާސީ ބަޔާން އިއްވަން ފެއްޓެވުމާއެކު މެންބަރުން ވަނީ ކޮޅަށް ތެދުވެ، އަޑުގަދަ ކުރަން ފަށައިފަ އެވެ. އަޑުގަދަ ކުރަން ފެށުމާއެކު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފަ އެވެ.ދެން ވެސް މެންބަރުން އަޑުގަދަ ކުރުން ނުހުއްޓުމުން އެ މެންބަރުންގެ ނަން އިއްވައި، ޖަލްސާ މެދުކަނޑައިލީ އެވެ. ޖަލްސާ މެދުކަނޑާލީ އެ މެންބަރުން ތަޅުމުން ނެރުމަށެވެ.ޖަލްސާ މެދުކަނޑާލުމުން ތަޅުމުގައި ހިނގައި ދިޔަ ކަންކަން ފެންނަ ވީޑިއޯތައް ބައެއް މެންބަރުން ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. ނާޒިލް ހިމެނޭހެން ބައެއް މެންބަރުން ބޭރަށް ނެރެފައި ވަނީ ސެކިއުރިޓީ މީހުން އައިސް އުފުއްލާލައިގެންނެވެ. ތަޅުމުން ނެރުމުން، މެންބަރުން ވަނީ މަޖިލީސް ސަރަހައްދުގައި އެމްޑީޕީގެ އާންމު މެންބަރުން ކުރަމުން ދިޔަ މުޒާހަރާއާ ގުޅިވަޑައިގެން އަޑުއުފުލަން ފައްޓަވާފަ އެވެ.ނާޒިލް ވިދާޅުވީ މަޖިލީހުގެ ތަޅުމުން އެ މެންބަރުން ނެރުނީ މަޖިލީސް މެދުކަނޑާލާފައި އޮތް ދަނޑިވަޅެއްގައި، ރިޔާސަތުގައި ރައީސް ނެތް ވަގުތެއްގައި ކަމަށެވެ. މަޖިލީހުގެ ރައީސް ރިޔާސަތަށް ވަޑައިގަތުމުން، ރުހުމުގައި ބޭރަށް ނުކުންނާނެ ކަމަށް ތަކުރާރުކޮށް ދެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންނަމަވެސް އެބޭފުޅުން އަޅުގަނޑުމެން ގަދަކަމުން، އަޅުގަނޑުމެންނަށް އަނިޔާކޮށްފަ ނެރުނީ. އަޅުގަނޑު ފައިގަ ވަރަށް ގިނަ ތަންތަނުން އެބަ ލޭ އާދޭ،" ނާޒިލް ވިދާޅުވި އެވެ.އޭނާ ވިދާޅުވީ އެމްޑީޕީ މެންބަރުން މިއަދު ތަޅުމުގައި އިހުތިޖާޖު ކުރީ ރައްޔިތުންގެ އަޑު ރައީސަށް އިއްވުމުގެ ގޮތުން ކަމަށެވެ. މިދިޔަ އަހަރު އިއްވި ރިޔާސީ ބަޔާނުގައި ވިދާޅުވީ އެއްވެސް ކަމެއް ކޮށްދީފައި ނުވާ ކަމަށާއި މިއަހަރު ވެސް ހިމަނާފައި ހުރި ހަމަ އެ ކަންކަން ކަމަށް ވިދާޅުވި އެވެ."އަޅުގަނޑުމެން 12 މެންބަރުން މަޖިލީސްތެރޭ ތިބެ، ތިބޭފުޅުންގެ، ދިވެހި ރައްޔިތުންގެ އަޑު އުފުލަން މަސައްކަތް ކުރަނީ. އަޅުގަނޑު ބޭނުންވަނީ ސަރުކާރުން ރައްޔިތުންގެ އަޑު އަހާ، ރައްޔިތުން ބޭނުންވާ ކަންކަން ރަގަޅަށް ކޮށްދިނުމަށް. ދިވެހި ރައްޔިތުންގެ އެތައް މައުލޫމާތުތަކެއް ވަގަށް ނަގާ، ޕާޓީ ބޮޑުކުރަން އެ މައުލޫމާތުތަކާއެކީގަ މީހުން ޕާޓީއަށް ވެއްދުމަކީ ދިވެހި ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން،" ނާޒިލް ވިދާޅުވި އެވެ.މިއަދުގެ ޖަލްސާގައި އެމްޑީޕީގެ އަށް މެންބަރުންގެ ނަން އިއްވައި، ވަނީ ތަޅުމުން ބޭރުކޮށްފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
"ތަޅުމުން މެންބަރުން ނެރުނީ ގަވާއިދާ ހިލާފަށް، އަނިޔާވެސް ލިބުނު"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ