ދިރާގު ފުވައްމުލައް ރަންގެ ބިބް އަދި ރޭސް ކިޓް ދޫކުރަން މިއަދު ފަށަނީ

ދިރާގު ފުވައްމުލައް ރަން 2025 (ޑީއެފްއާރު) ގެ ބިބް އަދި ރޭސް ކިޓް މިއަދު ދޫކުރަން ފަށަން ތައްޔާރުވެއްޖެ އެވެ.އެފްއާރްގެ ބިބް އެކްސްޕޯ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދާއި މާދަމާ، އަމީނީ މަގުގައި ހުންނަ ދިރާގު ހެޑް އޮފީހުގެ ފުރަތަމަ ފަންގިފިލާގައި ގާއިމްކޮށްފައިވާ ބިބް އެކްސްޕޯ ސެންޓަރު ގައެވެ.ބިބް އެކްސްޕޯގައި ދުވުންތެރިންނަށް ބިބް އަދި ރޭސް ކިޓް ހަވާލު ކުރެވިގެންދާނެ ކަމަށް ދިރާގުން ބުނެފައިވެ އެވެ.ދިރާގު ހެޑް އޮފީހުގައި ބިބް އެކްސްޕޯ ކުރިއަށްދާނީމެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށްރޭގަނޑު 8:00 އިން 10:00 އަށްދިރާގުން ބުނި ގޮތުގައި މި ދެ ދުވަހަށް ފަހު ބިބް އެކްސްޕޯ ކުރިއަށްދާނީ ދުވުން އޮންނަ ފުވައްމުލަކު ސިޓީގައި އެޕްރީލް 30 އާއި މޭ 1 ވަނަ ދުވަހު ފުވައްމުލައް ސިޓީ ކައުންސިލް އޮފީހުގެ ކުރުނދުމާ މާލަމުގަ އެވެ.ކުރުނދުމާ މާލަމުގައި ބިބް އެކްސްޕޯ ކުރިއަށްދާނީހެނދުނުގެ 9:00 އިން މެންދުރު 12:00 އަށްމެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށްރޭގަނޑު 8:00 އިން 10:00 އަށްދިރާގުން ވަނީ މި ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް މާލެއިން ނުވަތަ ފުވައްމުލަކު ސިޓީއިން ބިބް އަދި ރޭސް ކިޓް ނެގުމުގެ ފުރުސަތު ފަހިކޮށްދީފަ އެވެ.ދިރާގުން ބުނީ ރޭސް ކިޓް ހަވާލުކުރާނީ ދުވުންތެރިޔާގެ އައިޑީ ކާޑް ނުވަތަ އައިޑީ ކާޑުގެ ފޮޓޯއެއް އަދި ބިބް ނަންބަރު ހުށަހެޅުމުން ކަމަށެވެ."ކޮންމެ ރޭސް ކިޓެއްގައި ވެސް ޓައިމިން ޗިޕް އެކުލެވޭ ބިބް، ޓީޝާޓު، ސްޓްރިންގް ބޭގް އަދި ހަތަރު ނަރުދަތި ހިމެނެ،" ދިރާގުން ބުންޏެވެ.ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ މަގުބޫލު ދުވުން ކަމުގައިވާ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެމުޅިން އައު އެޑިޝަނެއް ކަމުގައިވާ ދިރާގު ފުވައްމުލައް ރަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 2 މޭ 2025 ވާ ހުކުރު ދުވަހު ފުވައްމުލައް ސިޓީގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ