އިންޑިއާ އެމްބަސީން ބައިނަލްއަގުވާމީ ޔޯގާ ދުވަސް، ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކޮށްފި

ރާއްޖޭގައި ބައިނަލްއަގުވާމީ ޔޯގާ ދުވަސް ކުލަގަދަކޮށް މިއަދު ފާހަގަކޮށްފިއެވެ.
ބައިނަލްއަގުވާމީ ޔޯގާ ދުވަސް ރާއްޖޭގައި މިފަހަރު ފާހަގަކޮށްފައި މިވަނީ އިންޑިޔާ ހައި ކޮމިޝަންގެ އިސް ނެގުމުގެ ދަށުން ތާޖް އެގްޒޯޓިކާ ރިސޯޓްގައެވެ. މި ހަރަކާތް ރަސްމީކޮށް ފައްޓަވައިދެއްވާފައިވަނީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިބްރާހީމް އާމިރުއެވެ. އަދި މި ހަރަކާތުގައި އިންޑިޔާ ހައި ކޮމިޝަނަރު ބާލަސުބްރަމާނިއަން ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
އިންޑިއާ އެމްބަސީން ބުނީ މި ހަރަކާތުގައި މިހަރަކާތުގައި 500 މީހުން ބައިވެރިވެފައިވާކަމަށެވެ. އޭގެ ތެރޭގައި ދިވެހިން ވެސް ހިމެނޭކަމަށް މައުލޫމާތު ލިބެއެވެ.
ބައިނަލްއަގުވާމީ ޔޯގާ ދުވަސް ރާއްޖޭގައި ފާހަގަކުރުން. ފޮޓޯ/ އިންޑިޔާ ހައި ކޮމިޝަން---
ބައިނަލްއަޤްވާމީ ޔޯގާދުވަސް ކޮންމެ އަހަރަކުވެސް އިންޑިއާ އެމްބަސީން ފާހަގަކުރެއެވެ. އެގޮތުން 2022 ވަނަ އަހަރު ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑގައި ކުރިއަށްދިޔަ ހަރަކާތުގައި އެތަނަށް ބަޔަކު ވަދެ ބޮޑެތި ހަމަނުޖެހުންތަކެއް ވަނީ ހިނގާފައެވެ. މި މައްސަލާގައި އޭރު ޔޫތް މިނިސްޓަރަކަށް ހުންނެވި އަހުމަދު މަހްލޫފް، ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްފައެވެ. އެފަހަރު ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ބައެއް މީހުންގެ މައްޗަށް ވަނީ ދައުވާވެސް ކޮށްފައެވެ.
ޔޯގާ މައްސަލާގައި އޭރު ސަރުކާރަށް ވަރަށްބޮޑު ފާޑުކިޔުންތަކެއްވެސް ވަނީ އަމާޒުވެގެން ގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ