ޖެމްކިއު ހިންގި މީހުން އެ ސްކީމް ހުއްޓާލުމަށްފަހު އެހެން ސްކީމެއް ޕްރޮމޯޓް ކުރަން ފަށައިފިއެވެ.
ޖެމްސްކީމުގައި ބައިވެރިވި މީހުން އެންމެފަހުން އެ ސްކީމަށް އިންވެސްޓްކުރި ފައިސާ ނުނެގޭ މައްސަލަ ކުރިމަތިވީ ހުކުރުދުވަހުއެވެ. އެ މައްސަލަ ދިމާވުމުން ޖެމްކިއުގެ އިސްފަރާތްތަކުގެ ފަރާތުން ޖަވާބެއް ނުލިބި ބައިވެރިންގެ ރުޅިގަނޑުފަޅައިގެންގޮސް އުޅެނިކޮށް އެންމެފަހުން މިއަދު ވަނީ ޖެމްކިއު ހުއްޓާލިކަން އިއުލާނުކޮށްފައެވެ. ޖެމްކިއު ސްކީމް ހިންގާ މީހުން އެކަން އިއުލާނުކުރީ އެމީހުންގެ ޓެލެގްރާމް އެކައުންޓުގައެވެ.
ޖެމްކިއު ހުއްޓާލުމަށްފަހު މިހާރު އެ ހިންގި މީހުން ވަނީ "ކުއަންޓް ޕޭން" ނަމުގައި އެފާޑުގެ އައު ސްކީމެއް ޕްރޮމޯޓްކުރުމުގެ މަސައްކަތް ފަށާފައެވެ. އެ ގްރޫޕްގައި އެމީހުން ބުނެފައިވަނީ ކުއަންޓް ޕޭން ވެގެންދާނީ ރައްކާތެރި ސްކީމަކަށް ކަމަށެވެ. އެގޮތުން ސްކީމަށް އިންވެސްޓްކުރުމުން ރިޓަރން ލިބޭނޭކަމުގެ ޔަގީންކަން ދޭކަމަށްވެސް ވަނީ ބުނެފައެވެ.
ޖެމްކިއުގެ މައްސަލަ ބޮޑުވެ، އެ ސްކީމް މިއަދު ނިންމާލިކަން އިއުލާނުކޮށްފައިވާއިރު، އެ ސްކީމަށް އިންވެސްޓްކުރި މީހުންގެ ފައިސާއަށް ވާނެގޮތެއް އަދި އޮތީ ނޭނގުމެއްގެ ތެރޭގައެވެ. ޖެމް ސްކީމްގެ މައްސަލަ ފުލުހުން ބަލަމުން އަންނައިރު، އެ ސްކީމްގައި 50،000 އަށްވުރެ ގިނަ ދިވެހިން އިންވެސްޓްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
ޖެމް ސްކީމާ ގުޅޭގޮތުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ބުނެފައިވަނީ އެއީ ރަޖިސްޓްރީނުކޮށް ހިންގާ ޕިރަމިޑް ސްކީމެއް ކަމަށާއި، އެފަދަ ގޮތްނޭނގޭ ސްކީމްތަކުގައި ބައިވެރި ނުވުމަށް އެދޭކަމަށެވެ.
ޖެމްކިއު ހިންގި މީހުން އަނެއްކާ އެހެން ސްކީމެއް ޕްރޮމޯޓްކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ