މައުމޫން ފައުންޑޭޝަންގެ އިހްޔާގެ ފަހު ޖަލްސާ މިރޭ، ރައީސް މައުމޫން ވާހަކަފުޅު ދައްކަވާނެ

މައުމޫން ފައުންޑޭޝަނުން ބާއްވާ އިޙްޔާ ޖަލްސާތަކުގެ ތެރެއިން ފަހު ޖަލްސާ މިރޭ ބޭއްވުމަށް ނިންމައިފި އެވެ.
ކުރީގެ ރައީސް އަދި މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމްގެ މައުމޫން ފައުންޑޭޝަނުން ކޮންމެ އަންގާރަ ދުވަހެއްގެ ރޭ ޖަލްސާ ބާއްވަމުން ގެންގޮސްފައިވެ އެވެ.
މިރޭ އޮންނާނީ ފަހު ޖަލްސާ އެވެ. އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ ހޯލްގައި މި ޖަލްސާގައި އޮންނާނީ 9:45 ގަ އެވެ.
Advertisement
މިރޭގެ ޖަލްސާގައި ރައީސް މައުމޫން ވާހަކަފުޅުދައްކަވާނެ އެވެ. އެމަނިކުފާނު ވާހަކަފުޅު ދައްކަވާނީ "އިޖާބަ ކުރައްވަނިވި ދުޢާ"، މި މަޢުޟޫޢު އަށެވެ.
މިރޭގެ އިޙްޔާ ޖަލްސާގައި ޑރ. ސަޢުދުﷲ ޢަލީ ވެސް ވާހަކަފުޅު ދައްކަވާނެއެވެ. ސަޢުދުﷲ ވާހަކަފުޅުދައްކަވާނީ "އިސްލާމް ދީން އުނގަންނަވައި ދެއްވުމުގައި ކީރިތި ރަސޫލާ ގެންގުޅުއްވި ގޮތްތައް" މި މަޢުޟޫޢު އަށެވެ.
މިރޭގެ ޖަލްސާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވެ ދިނުމަށް މައުމޫން ފައުންޑޭޝަނުން އެދިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ