ރައީސްގެ ދަރިކަލުންގެ ވާހަކަ ދެއްކި މައްސަލައިގައި ބްރޯޑްކޮމްގެ އިންޒާރެއް ރައީސްގެ ދަރިކަލުންގެ ވާހަކަ ދެއްކި މައްސަލައިގައި ބްރޯޑްކޮމްގެ އިންޒާރެއް

ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލުން އުމެއިރު މުހައްމަދުގެ ވާހަކަ އިދިކޮޅު އެމްޑީޕީއިން ކުރިއަށްގެންދިޔަ މުޒާހަރާއެއްގައި ދެއްކުމުން އެ މުޒާހަރާ ބްރޯޑްކާސްޓް ކުރި ޓީވީ ޗެނަލްތަކަށް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ނުސީދާ އިންޒާރެއް ދީ ސާކިއުލާއެއް ނެރެފި އެވެ.
އެ ކޮމިޝަނުން ނެރުނު ސާކިއުލާއެއްގައި ބުނީ ލައިސަންސް ދޫކޮށްފައިވާ ހުރިހާ ބްރޯޑްކާސްޓަރުން ފޮނުވާ ކޮންޓެންޓަކީ ގާނޫނުތަކާއި ގަވާއިދު އަދި އާންމު އިޖުތިމާއީ މިންގަނޑާއި ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑަށް ފެތޭ ކޮންޓެންޓަށް ހެދުމަށް އިލްތިމާސް ކުރާ ކަމަށެވެ.
"ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ 37 ވަނަ މާއްދާގެ ދަށުން ބްރޯޑްކާސްޓަރުން އަމަލުކުރުމަށް އެކުލަވާލާފައިވާ ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް (ސުލޫކީ މިންގަނޑު) ގައި ކަނޑައަޅާފައިވާ ހަމަތަކާއި ގައިޑްލައިންތަކާއި އެއްގޮތަށް އަމަލުކުރުމަށް ދަންނަވަން،" އެ ސާކިއުލާގައި ބުނެފައިވެ އެވެ.
"ބްރޯޑްކާސްޓް ކުރުމުގައި ކުޑަކުދިން ހިމާޔަތްކުުުރުމުގައި ޢަމަލުކުރަންވީ ގައިޑްލައިން" ގެ ހަމަތަކާއި އެއްގޮތަށް ކުޑަކުދިންގެ ކަރާމާތާއި އަބުރުވެރިކަން ނުގެއްލޭ ގޮތަށް ކޮންޓެންޓް ފޮނުވުމަށް އެ ކޮމިޝަނުން ވަނީ ބްރޯޑްކާސްޓަރުންނަށް ހަނދާންކޮށްދީފަ އެވެ.
ބްރޯޑްކޮމްގެ އިތުރުން އިލެކްޝަންސް ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަން އަދި ޗިލްޑްރެންސް އޮމްބަޑްސްޕާސަންގެ އޮފީހުން ވެސް ވަނީ މި މައްސަލަ ކުށްވެރިކޮށް ބަޔާން ނެރެފަ އެވެ.
ވޭޕްގެ މައްސަލަ އާއި ރައީސްގެ އަނބިކަނބަލުންނާ ގުޅުވައި އެންމެ ފުރަތަމަ ވާހަކަ ދެއްކީ އެމްޑީޕީގގެ މެންބަރު މަރިޔަމް ޒުބައިރު (މަންދީ) އެވެ. މަންދީ ބުނީ ރާއްޖޭގައި ވޭޕް ބޭނުން ކުރުން މަނާ ކުރީ ރައީސްގެ ދަރިކަލަކު ވޭޕް ބޭނުން ކުރައްވާތީ ކަމަށެވެ. ވަކި ބޭފުޅެއްގެ ނަމެއް މަންދީ ނުބުނެ އެވެ.
އެ މައްސަލަައިގައި މަންދީގެ އިތުރުން އެމްޑީޕީ އަދި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ މައްޗަށް މަދަނީ ދައުވާއެއް ކުރުމަށް ފަސްޓް ލޭޑީ ސާޖިދާ ވަނީ ނިންމަވައިފަ އެވެ. ދައުވާ ކުރަނީ ދެއްކި ކޮން ވާހަކައެއްގެ މައްޗަށް ބިނާކޮށް ކަމެއް ސާޖިދާގެ ވަކީލު އާޒިމާ ޝަކޫރު ވިދާޅެއްނުވެ އެވެ.
އެ މައްސަލައިގައި ސާޖިދާގެ ފަރާތުން ވަނީ ބަޔާނެއް ވެސް އާންމުކޮށްފަ އެވެ. އޭގައި ވިދާޅުވެފައި ވަނީ އުމެއިރަކީ ވޭޕް ކުރައްވާ އަދި ދުންފަތުގެ އިސްތިއުމާލު ކުރައްވާ ބޭފުޅެއް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ