ފިރިހެނަކު ކުޑަ ފިރިހެންކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަނީ!

ފިރިހެނަކު ކުޑަ ފިރިހެންކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަމުންދާކަަމަށް އެ އިދާރާއިން ބުނެފިއެވެ. 
ފުލުހުން ބުނީ، 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އެ އިދާރާއަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. 
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ވެރިކަންކުރާ މާލޭގައެވެ. އަދި ހާދިސާގެ ރިޕޯޓް ކޮށްފައިވަނީ، ޖަނަވަރީ 27 ވަނަ ދުވަހުއެވެ.
Advertisement
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، މައްސަލައާއި ގުޅޭ ތަފްސީލް ހާމަކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ