ފުރަތަމަވެސް ފާހަގަކޮށްލާނަމެވެ. މިދައްކަނީ ގޭގައި ނަމާދުކުރާ ތަނެއް ހަދައިގެން ފިރިހެނުން މިސްކިތަށް ނުގޮސް އެތަނުގައި ނަމާދުކުރުމުގެ ވާހަކައެއް ނޫނެވެ. ގޭގައި އުޅޭ އަންހެނުންނާއި ކުޑަކުދިން ނަމާދުކުރާނެ ތަނެއް ހެދުމުގެ ވާހަކައެވެ. ހަމައެފަދައިން ގެދޮރުގެ ދަތިކަން ކުރިމަތިވެފައިވެ ދަތިޙާލުގައި އުޅެންޖެހިފައިވާ މީހުން ގޭގައި ނަމާދުކުރަން ޚާއްޞަތަނެއް ހެދުމުގެ ވާހަކައެއްވެސް ނޫނެވެ. ތަނަވަސްކަންހުރެ ބޮޑެތި ޢިމާރާތްތައް ކުރާ މީހުން ވިސްނަން އޮތް ކަމެއްގެ ވާހަކައެވެ. އަދި ކޮންމެ މީހަކުވެސް އެމީހެއްގެ ފެންވަރުން ވިސްނަން އޮތް ކަމެއްގެ ވާހަކައެވެ.
ކޮންމެ މީހަކަށް ބޮޑު މިސްކިތެއް ބިނާނުކުރެވިދާނެއެވެ. ނަމަވެސް އެމީހެއްގެ ގޭގައި ނަމާދުކުރުމަށް ޚާއްޞަ ތަނެއް ހެދިދާނެއެވެ. ކޮޓަރިއެއްވެސް ޚާއްޞަކުރެވިދާނެއެވެ. ޖާގަ އޮތްނަމަ ސިޓިންގ ރޫމުން ބައެއްވެސް ޚާއްޞަކުރެވިދާނެއެވެ.
މިކަމަށް އޮތް ޙަދީޘްފުޅާއި ގުޅިގެން ބައެއް ޢިލްމުވެރިން ވިދާޅުވަނީ މީސްތަކުންނަށް މިސްކިތެއް އަޅައިދެވޭނެ ފެންވަރު ނެތްނަމަ ގޭގައި ނަމަވެސް ނަމާދުކުރުމަށް ޚާއްޞަ ތަނެއް ހަދައިފިނަމަ އެއީ އެމީހަކަށް ސުވަރުގެއިން އެފަދަ ތަނެއް ލިބުމަށް އުންމީދުކުރެވިދާނެ ކަމެއް ކަމަށެވެ. އަދި މީސްތަކުންނަށް މިސްކިތެއް ބިނާކުރިނަމަވެސް ގޭގައި ނަމާދުކުރުމަށް ޚާއްޞަތަނެއް ހެދުމަކީ އެކަމުގެ މަންފާ އެމީހަކަށް ކުރާނެ ކަމެއް ކަމަށެވެ.
دَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ، حَدَّثَنَا يُونُسُ بْنُ مُحَمَّدٍ، حَدَّثَنَا لَيْثُ بْنُ سَعْدٍ، ح وَحَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ،حَدَّثَنَا دَاوُدُ بْنُ عَبْدِ اللَّهِ الْجَعْفَرِيُّ، عَنْ عَبْدِ الْعَزِيزِ بْنِ مُحَمَّدٍ، جَمِيعًا عَنْ يَزِيدَ بْنِ عَبْدِ اللَّهِ بْنِ أُسَامَةَ بْنِ الْهَادِ، عَنِ الْوَلِيدِ بْنِ أَبِي الْوَلِيدِ، عَنْ عُثْمَانَ بْنِ عَبْدِ اللَّهِ بْنِ سُرَاقَةَ الْعَدَوِيِّ، عَنْ عُمَرَ بْنِ الْخَطَّابِ، قَالَ سَمِعْتُ رَسُولَ اللَّهِ ـ صلى الله عليه وسلم ـ يَقُولُ " مَنْ بَنَى مَسْجِدًا يُذْكَرُ فِيهِ اسْمُ اللَّهِ بَنَى اللَّهُ لَهُ بَيْتًافِي الْجَنَّةِ " .
It was narrated that 'Umar bin Khattab said:
"I heard the Messenger of Allah say: 'Whoever builds a mosque in which the Name of Allah is mentioned, Allah will build a house for him in Paradise.'"
މިކަމަކީ މިއަދު ގިނަބައަކު ވަރަށް ބޮޑަށް އިހްމާލުވަމުންދާ ކަމެކެވެ. ބޮޑެތި ޢިމާރާތްތައް ހަދައި ދިރިއުޅެމުންގެންދާއިރު ނަމާދުކުރުމަށް ޚާއްޞަ ތަންކޮޅެއް ހެދުމަށް ފަރުވާތެރިވެރިވަނީ ވަރަށް މަދުބައެކެވެ. އެފަދަ ތަނެއް ހަދައިފިނަމަ ޢިމާރާތުގެ ފްލެޓްތައް ކުއްޔަށް ހިފައިގެން ދިރިއުޅޭ އަންހެނުންނަށް ނަމާދުކުރަން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ.
އަދި އަމިއްލައަށް ދިރިއުޅޭތަނުގައި ނަމާދުކުރުމަށް ޚާއްޞަ ތަނެއް ހެދުމަކީ ގޭގެ އަހުލުވެރިން ނަމާދުކުރަން ޝައުޤުވެރިކަން އިތުރުވާނެކަމެއްކަންވެސް ޢިލްމްވެރިން ފާހަގަކުރައްވައެވެ. މިކަން ޤަބޫލުކޮށް ވަރަށް ކުޑަކުޑަ ތަންކޮޅެއް ހެދުމަށްފަހުގައިވެސް އެތަނުގައި ވަގުތުޖެހުމުން ބަންގިގޮވާ ގަޑި ފަދަތަކެތި ބެހެއްޓުން ފަދަ ކަންކަން ކުރުމަކީ ވެސް ނަމާދު ވަގުތު ޖެހިއްޖެކަން އަންގައިދީ އެކަން ގޭގެ އަހުލުވެރިންގެ ސަމާލުކަމަށް އަންނާނެ ކަމެއްކަންވެސް ޢިލްމުވެރިން ފާހަގަކުރައްވައެވެ.
ގޭގޭގައި ބޮޑެތި ސިޓިންގރޫމްތައް ހަދައި ބޮޑެތި ޓީވީތައް ބަހައްޓައިގެން ބަލަންތިބުމަށްވުރެ ހަމަ އެ ސިޓިން ރޫމުގައި 3،4 މީހަކަށް ނަމާދުކުރެވޭނެ ވަރުގެ ތަންކޮޅެއް ނަމަވެސް ހަދައި ނަމާދުކުރުމުގެ ރޫހު އަށަގެންނެވުން މާމުހިންމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ކުއްޔަށްދޭން ޢިމާރާތްކުރިނަމަވެސް އަމިއްލައަށް ދިރިއުޅޭ ގޭގައި ނަމަވެސް ނަމާދުކުރާނެ ތަނެއް ހެދުމަކީ ސުވަރުގެއިން ގަނޑުވަރަކަށް އުންމީދުކުރެވެން އޮތް ކަމެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ