އަނެއްކާވެސް ނުރައްކާތެރި މިންވަރަށް ވައި ނުސާފުވެއްޖެ

އަނެއްކާ ވެސް މާލެ ސަރަހައްދާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ނުރައްކާތެރި މިންވަރަށް ވައި ނުސާފުވާން ފަށާފައިވާ ކަމަށް ކަމަށް ރެކޯޑުތަކުން ދައްކައިފިއެވެ. ވިލިމާލޭގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީސްގެ ކެމްޕަސް އިމާރާތުގައި ހުރި އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުން، މިވަގުތު މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީގެ މިންވަރު ހުރީ 159 ގައެވެ. މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މި ސަރަހައްދަށް ވައި ނުސާފުވާން ފަށާފައިވާކަމަށް އެ ސިސްޓަމުން ދައްކައެވެ. އިއްޔެ މި ސަރަހައްދުގެ ވައިގެ ނުސާފުކަން ހުރީ 61 ގައެވެ. ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ބަލާއިރު، ދ. ކުޑަހުވަދޫގައި ހުރި އެއާ ކޮލިޓީ މޮނިޓަރިން ސިސްޓަމުން ދައްކަނީ އެ ސަރަހައްދުގައި މިހާރު ވައިގެ ނުސާފުމިން ހުރީ 154 ގައި ކަމަށެވެ. އޭގެއިތުރުން، ލ. ގަމު ފޮނަދޫގައި ހުރި އެއާ ކޮލިޓީ މޮނިޓަރިން ސިސްޓަމުން ދައްކާ ގޮތުގައި ވައިގެ ސާފުމިން ހުރީ 139 ގައެވެ. ވައި ސާފުކަމުގެ މިންވަރު ހުރުން ރަނގަޅީ 0-50 އާއި ދެމެދުގައެވެ. އެހެންކަމަށްވާ ނަމަ ވައިގެ ތެރޭގައި އެއްވެސް ނުރައްކަލެެއް ނެތް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. ވައިގެ މިންވަރު 100-51 ދެމެދު ހުންނައިރު ނޭވާލާ ނިޒާމަށް އަސަރުކޮށް ނޭދެވޭ އަލާމަތްތައް ފެނުން އެކަށީގެންވާތީ ނާޒުކު ހާލަތްތަކުގައިވާ މީހުން ބޭރުގައި އުޅުމުން ދުރުހެލިވާން ޖެހެއެވެ. ސިއްހަތަށް ގެއްލުންވާ މިންވަރެއްގައި ހުންނާނީ 150-101 ދެމެދުގައެވެ. މި ހާލަތުގައި ނޭވާލާ ނިޒާމު މައްސަލަތައް އެންމެންނަށް ދިމާވުމުގެ ނުރައްކާ ބޮޑުވާނެއެވެ. ވައިގެ މިންވަރު 100-51 ދެމެދު ހުންނައިރު ނޭވާލާ ނިޒާމުގެ އަލާމަތްތައް ފެނުން އެކަށީގެންވާތީ ނާޒުކު ހާލަތްތަކުގައިވާ މީހުން ބޭރުގައި އުޅުމުން ދުރުހެލިވާން ޖެހެއެވެ. އެއާއެކު، ވައި ނުސާފުވާ މިންވަރު އެންމެ ނުރައްކާތެރިވާ ވާނީ 300 އަށްވުރެ މައްޗަށް ދިޔުމުންނެވެ. މިހެންވުމުން ސިއްހީ ގޮތުން އެންމެންނަށް ވެސް އަސަރުކުރާއިރު ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހޭނެއެވެ. މިދިޔަ މަހުގެ ފަހުކޮޅު ވެސް ވަނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައި ނުސާފުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ