ޖާހު ކުންފުނިން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އިމާރާތްކުރަން ފެށި "ދަ ގާޑަންސް" ނިންމަން އާރުސީސީއާ ހަވާލުކުރީ ހަތަރު މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް 20 މިލިއަން ރުފިޔާއަށް ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.
މަސައްކަތް ފެށިތާ އަށް އަހަރު ދުވަސްވެފައިވާ ދަ ގާޑަންސްއާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަވާލުވީ އެ ތަނުގެ މަސައްކަތް ނުހިނގާތާ އެތައް ދުވަހެއް ފަހުންނެވެ. އެއްބަސްވުން ބާތިލުކުރިއިރު މަސައްކަތް ނިމިފައި ހުރީ ކިހާ ޕަސެންޓެއް ކަމެއް އެޗްޑީސީން ނުބުނެ އެވެ.
އިތުބާރު ހުރި މަސްދަރަކުން އަދަދު އަށް މައުލޫމާތު ދިން ގޮތުގައި އާރުސީސީއާ ހަވާލުކުރީ ތަނުގެ ނުނިމި ހުރި މަސައްކަތްތައް ނިންމާ، ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި އެ ތަނުން ފްލެޓު ގަތް މީހުންނާ ތަންތަން ހަވާލުކުރެވޭނެ މަގެއް ހޯދުމަށެވެ.
ދަ ގާޑަންސްގައި 28 ސުއިޓާއި 55 ވިލާ ހިމެނޭހެން ޖުމުލަ 83 ލަގްޒަރީ ޔުނިޓު ހުރެ އެވެ. މި ހުރިހާ ތަނެއް ވިއްކާފައި ހުރިއިރު، އެޕާޓުމަންޓުތައް ވިއްކާފައި ހުރީ ދެ މިލިއަން ރުފިޔާއާ 13 މިލިއަން ރުފިޔާއާ ދޭތެރޭގެ އަގުތަކެއްގަ އެވެ.
މި ތަން އަތުލަން އެޗްޑީސީން ގާނޫނީ ނޯޓިސް ފޮނުވީ ޖެނުއަރީ 27 ގަ އެވެ. މި ނޯޓިސްގައި ބުނި ގޮތަށް 45 ދުވަހުގެ ތެރޭގައި މަސައްކަތް ނުނިންމުމުން އެއްބަސްވުން ބާތިލުކުރީ މާޗު މަހުގެ ތެރޭގަ އެވެ.
އެއްބަސްވުން ބާތިލުކުރުމުން ބިން ހަވާލުކުރުން ހުއްޓުވުމުގެ އަމުރަކަށް އެދި ޖާހުއިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ.
ޖާހުއިން ކޯޓުގައި އެދުނީ އެޗްޑީސީއަށް އެއްވެސް ފައިސާއެއް ދޫނުކުރުމަށާއި، އެ ކުންފުނީގެ ފަރާތުން އެއްވެސް ހޯދުމަށް އެއްވެސް ފިޔަވަޅެއް ނޭޅުމަށާއި، ޕާފޯމަންސް ބޮންޑާ ގުޅޭގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސޮލަރެލް އިންޝޫރެންސާއި އެޗްޑީސީގެ މައްޗަށް އަމުރު ކޮށްދިނުމަށެވެ. އެކަމަކު ކޯޓުން ވަނީ މި އަމުރު ނެރެން ދެކޮޅު ހަދާފަ އެވެ.
މިއީ ހުޅުމާލޭގައި މަސައްކަތް ހުއްޓިފައި ހުރި ލަގްޒަރީ ހައުސިން ދެ މަޝްރޫއުގެ ތެރެއިން އެއް މަޝްރޫއެވެ. އަނެއް މަޝްރޫއަކީ ދަ ގާޑަންސްއާ އިންވެެގެން ހުންނަ ކޭޕާކު ފްލެޓުތަކެވެ.
އާރުސީސީއަށް ދަ ގާޑަންސް ދިނީ 20 މިލިއަނަށް، ހަތަރު މަސް ތެރޭގައި ނިންމާ ގޮތަށް އާރުސީސީއަށް ދަ ގާޑަންސް ދިނީ 20 މިލިއަނަށް، ހަތަރު މަސް ތެރޭގައި ނިންމާ ގޮތަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ