އދ. މާމިގިލީގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އެ ރަށުގެ ހަތް ތަނެއް ބަލައިފާސްކޮށް ނުވަ ގްރާމުގެ މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި އެ އަތޮޅުގައި ހަރަކާތްތެރިވާ ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ފަސް މީހެކެވެ. އެ ފަސް މީހުން ހައްޔަރުކުރީ އެ ރަށުގެ ހަތް ތަނެއް ބަލައިފާސްކުރުމަށްފަހު އެވެ.
މި އޮޕަރޭޝަނުގައި ފުލުހުން އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނަކީ 9.98 ގްރާމެވެ. އެއީ ކޮން ބާވަތެއްގެ މަސްތުވާތަކެއްޗެއްކަން ފުލުހުން ނުބުނެ އެވެ.
މި މީހުންގެ ތެރެއިން ރިސްވާން އަދި މަހްމޫދުގެ ބަންދަށް ކޯޓުން ޖަހާފައިވަނީ 15 ދުވަހެވެ. ދެން ތިބި ތިން މީހުން ބަންދުގައި ބޭތިއްބުމަށް ކޯޓުން ދިނީ ފަސް ދުވަހުގެ މުއްދަތެކެވެ. ފުލުހުން ބުނީ މި މައްސަލަ މާމިގިލީ ޕޮލިސް ސްޓޭޝަނުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
މާލެ އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ފުލުހުން އަބަދުވެސް އޮޕަރޭޝަންތަކެއް ހިންގަމުންދެ އެވެ.
ފުލުހުން އަދި ސަރުކާރުން ބުނާ ގޮތުގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އުފުލާ ގޮތަށް މިހާރު ވަނީ ބަދަލުތަކެއް އައިސްފަ އެވެ. އެގޮތުން ކޮވިޑަށް ފަހު ކުރިން ބޮޑެތި އަދަދުތަކުން އެއްފަހަރާ އެތެރެކޮށް އުފުލަމުންދިޔަ މަސްތުވާތަކެތި އުފުލާ ބަރުދަނާއި އަދަދު މަދުވެފައިވާ ކަމަށް އިދާރާތަކުން ބުނެ އެވެ.
މާމިގިލީގެ ހަތް ތަނެއް ބަލައިފާސްކޮށް ނުވަ ގްރާމް މަސްތުވާތަކެތި އަތުލައިގެންފި މާމިގިލީގެ ހަތް ތަނެއް ބަލައިފާސްކޮށް ނުވަ ގްރާމް މަސްތުވާތަކެތި އަތުލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ