އިސްލާމީ އުސޫލުތަކާ ހިލާފު ނުވާ ގޮތަށް އީދު ފާހަގަ ކުރުމަށް ސަރުކާރުން އަންގަވައިފި

ކުރިއަށް އޮތް އަޟުހާ އީދު ފާހަގަކުރުމުގައި އިސްލާމީ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށް ސަރުކާރުން އަންގަވައިފިއެވެ.
މިކަން އަންގަވައި ލޯކަލް ގަވަމަންޓް މިނިސްޓްރީން ނެރުއްވި ބަޔާނެއްގައި ވަނީ، އިސްލާމްދީނުގައި ކަނޑައަޅާފައިވާ ގޮތްތަކުގެ މަތީން އީދު ފާހަގަކުރުމަށް އެންމެހައި ދިވެހިންނަށް އިލްތިމާސްކުރައްވައިފައެވެ.
ފާއިތުވި ޒަމާންތަކުގައި ވެސް، ދިވެހީން ވަރަށް ހާއްސަ ގޮތެއްގައި  އީދު ފާހަގަކުރަމުން އައިކަން ފާހަގަކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި، އިސްލާމީ އަދަބުތަކާ އެއްގޮތަށް އީދު ފާހަގަކުރުމާއި، އީދުގެ އުފާވެރިކަމުގައި ހުރިހާ ދިވެހިން ބައިވެރިކުރުވުމަށް ހާއްސަ ސަމާލުކަމެއް ދެއްވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި ވަނީ އީދު ކުޅިވަރުތައް ރާވައި ހިންގުމުގައި ވެސް އިސްލާމީ މިންގަނޑުތަކާއި ހުދޫދުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް މިނިސްޓްރީން ތަކުރާރުކޮށް އިލްތިމާސްކުރައްވައިފައެވެ.
ކަލަންޑަރުގައިވާ ގޮތުން، އީދު ދުވަހަށް ވާނީ، މި މަހުގެ 06 ވަނަ ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ