ދީނީ އިލްމު ކުރިއެރުވުމާއި، ރައްޔިތުންނަށް ދީނީ ދައުވަތު ދިނުމުގައި މަސައްކަތްކުރައްވާ އަލީ ރަމީޒު އިސްވެ ހުންނަވައި އުފައްދާފައިވާ "މަންފާ" ޖަމިއްޔާގެ ފުރަތަމަ ދަރުސް އަންނަ ހޮނިހިރުދުވަހުގެ ރޭ ބޭއްވުމަށް ތާވަލުކޮށްފިއެވެ.
މަންފާއިން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ މި ދަރުހާ ބެހޭގޮތުން ވާހަކަދައްކަވަމުން އެ ޖަމިއްޔާގެ މުއައްސިސް އަލީ ރަމީޒު ވިދާޅުވީ، މި ދަރުހަކީ މާލޭގެ ކުރީގެ އަމިއްލަ ސްކޫލެއްކަމަށްވާ އަހުމަދިއްޔާ ސްކޫލުގެ އިސްދަރިވަރުންގެ ޖަމިއްޔާ "އެލްމަނައި" ގުޅިގެން ބާއްވާ ދަރުހެއް ކަމަށެވެ. އަލީ ވިދާޅުވީ، އައްޝައިހް އިބްރާހީމް ރާފިއު ދެއްވުމަށް ހަމަޖެހިފައިވާ މި ދަރުސް އަމާޡުކުރާނެ މައުލޫއަކީ "ބަރަކާތްތެރި ރަމަޟާން މަހުގެ މައްޗަށެވެ.
މި ދަރުސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އަލިމަސް ކާނިވާ ސްޓޭޖުގައި ހޮނިހިރުދުވަހުގެ ރޭ 20:30 ގައެވެ.
Advertisement
މަންފާ ޖަމިއްޔާއިން އިންތިޒާމްކުރާ ފުރަތަމަ ދަރުސްގެ ޕޯސްޓަރެއް...
އަލީ ރަމީޒް ވިދާޅުވީ ގިނަ ބަޔަކު މި ދަރިހަށް ވަޑައިގަތުމަކީ މަންފާ ޖަމިއްޔާ އާއި އަހުމަދިއްޔާ ސްކޫލުގެ އިސްދަރިވަރުންނަށް ނިސްބަތްވާ އެލްމަނައިގެ ވަރަށްބޮޑު އެދުމެއް ކަމަށެވެ.
މަންފާ ޖަމިއްޔާއިން އިންތިޒާމްކުރާ ފުރަތަމަ ދަރުސް، ހޮނިހިރުދުވަހުގެ ރޭ ބާއްވަނީ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ