ދ. ވާނީގެ ފުލުހުންގެ ތަމްރީނު މަރުކަޒުގައި ތަމްރީނު ހަދަމުން ދަނިކޮށް މީހަކު މިއަދު ވަރަށް ހާލު ގޯސްވެ، އައިޖީއެމްއެޗަށް ގެނެސް ފަރުވާ ދޭން ފަށައިފި އެވެ.
ތަފްސީލް - ފުލުހުން މިރޭ ބުނި ގޮތުގައި، އޭނާގެ ހާލު ދެރަވެގެން އެންމެ ފުރަތަމަ މިއަދު ފަތިހު ދ. ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންދިޔަ އެވެ.
އޭގެ ފަހުން އިތުރު ފަރުވާއަށް މިއަދު މެންދުރު އޭނާ ވައިގެ މަގުން މާލެ ގެނެސް، އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.
"ހާލު ވަރަށް ކްރިޓިކަލް،" ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައިވެ އެވެ.
ވާނީގައި ފުލުހުންގެ ތަމްރީން ހަދަމުން ދަނިކޮށް މީހަކު ވަރަށް ބޮޑަށް ހާލު ގޯސްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ