ޔުމްނުގެ މައްސަލަ ބަަލާ ކޮމިޝަންގެ މެންބަރުންނަށް 5000 އާއި 15000 ގެ އެލަވަންސެއްދެނީ މަސްތުވެގެން ހުރެ ނުރައްކާތެރިކޮށް ޓެކްސީ ދުއްވި މީހަކު ހައްޔަރުކޮށްފި ތަހުގީގަކަށް ނުފޫޒު ފޯރުވާކަން އެނގޭ ހިސާބުން މަގާމުން ވަކިކުރާނަން: ރައީސް ކުރީ ސަރުކާރުގައި އެކު

އިންސާނާގެ ޝަޚުސިއްޔަތު ކަތިލެވޭފަދަ އެއްވެސް ޚަބަރެއް ނުވަތަ މަޢުލޫމާތެއް ފެތުރުމަކީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާކަމެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ 8 ވަނަ އަހަރީދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިވެޑައިގެން ދެއްކެވި ވާހަކަފުޅުގައި ވަޒީރު ވަނީ ކީރިތި ގުރުއާނުގައި އެކަމަށް ޚާއްޞަކޮށްގެން އައިސްފައިވާ ވަޙީގެ ބަސްފުޅާއެކު ހެކި ދައްކަވާފައެވެ.
“އޭނާގެ މާތްކުރުމުގެ ތެރޭގައި ހިމެނޭކަމެއް އެއީ އޭނާގެ އަބުރާއި ޝަރަފު ﷲ އައްޒަވަޖަލް ރައްކާތެރިކުރުން. މާތްﷲ ވަހީކުރައްވާފައިވޭ، އެއްވެސް ޚަބަރެއް ފާސިގަކު ގެނެސްފިނަމަ އެއާ މެދުގައި ކަށަވަރުކުރާށޭ.”އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، މާތް ﷲ އިންސާނާއަށް ވަރަށް މަތިވެރި މަޤާމެއް ދެއްވާފައިވާކަމަށާއި އެމަޤާމަކީ އެއްވެސް މަޚުލޫގަކަށް ނުދެއްވާ މަތިވެރި މަޤާމެއްކަމަށެވެ. އަދި އިސްލާމީ ޝަރީޢަތުގައި ވަރަށް މަތިވެރި 5 މަޤްޞަދެއް މާތް ﷲ ލައްވާފައިވާކަމަށާއި އޭގެ ތެރޭގައި ހިމެނޭ އެއް ކަމަކީ އިންސާނާގެ އަބުރާއި ޝަރަފު ހިމާޔަތް ކުރުންކަމަށެވެ.
އެހެންކަމުން އިންސާނާގެ ޝަޚުސިއްޔަތު ކަތިލެވޭފަދަ އެއްވެސް ޚަބަރެއް ނުވަތަ މަޢުލޫމާތެއް ފެތުރުމުން ދުރުހެލިވެ އެކަން ނުކުރެއްވުމަށް ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ގޮވާލެއްވެވިއެވެ.
ވަޒީރު ވިދާޅުވީ އިންސާނާގެ ޝަޚުސިއްޔަތު ކަތިލެވޭފަދަ އެއްވެސް ޚަބަރެއް ނުވަތަ މަޢުލޫމާތެއް ފެތުރުމަކީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ކަމެއްކަމަށެވެ. އެހެންކަމުން އިސްލާމްދީނުގައި އިންސާނާގެ އަބުރު ހިމާޔަތްކޮށްފައިވާކަމަށާއި ސާބިތު ނުހިފޭ ވާހަކަ ދެއްކުން ޙަރާމްކުރައްވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން ކޮންމެ މަޢުލޫމާތެއް ނުވަތަ ޚަބަރެއް ގެނެސްދޭއިރު އެކަން ކަށަވަރުކުރުމަށް ވަޒީރު ގޮވާލެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ