އެސްޓީއޯ ރޯދަ ބާޒާރު ޕްރޮމޯޝަންގެ އިނާމު ލިބޭ ނަސީބުވެރިޔާ ހޮވައިފި

އެސްޓީއޯ އިން މިދިޔަ ރަމަޟާން މަހު ކުރިއަށް ގެންދިޔަ "ރަމަޟާން ބާޒާރު ޕްރޮމޯޝަން"ގެ 100،000 ރުފިޔާގެ އިނާމު ލިބޭ ނަސީބުވެރިޔާ ހޮވައިފި އެވެ. މި  އިނާމަކީ ރަމަޟާން ބާޒާރު ޕްރޮމޯޝަން މުއްދަތުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އަތޮޅުތެރޭގެ އެސްޓީއޯ ފިހާރަތަކުން 500 ރުފިޔާއިން މަތިން ވިޔަފާރި ކުރި މީހުންގެ މެދުގައި ނެގި ގުރުއަތަކުން ހޮވުނު ނަސީބުވެރިޔާއަށް ދިން 100،000ރުފިޔާގެ ފައިސާގެ އިނާމެކެވެ. ކޮންމެ އަހަރަކު ވެސް ރޯދަަމަހަށް ހާއްސަކޮށް އެސްޓީއޯގެ ފިހާރަތަކުގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަނަށް ހޫނު ތަރުހީބެއް ލިބެ އެވެ.އެގޮތުން ކޮންމެ ހަފުތާއަކު ވިޔަފާރި ކުރި މީހުންގެ މެދުގައި ހޮވި ނަސީބުވެރި ފަރާތަކަށް ހަދިޔާއެއްގެ ގޮތުން ގިޕްޓް ހެމްޕާތައްވެސް ވަނީ ދީފައެވެ.އަދި މާލޭގެ އިތުރުން އަތޮޅުތެރޭގެ އެސްޓީއޯ ފިހާރަ ތަކުގައި މި ޕްރޮމޯޝަނާ ގުޅިގެން އާއިލީ ހަވީރުތަކާއި އިތުރު ގިނަ ހަރަކާތްތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.މިއީ އެސްޓީއޯއިން ކޮންމެ އަހަރު ވެސް ބާއްވާ އެންމެ ބޮޑު ޕްރޮމޯޝަނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ