ހުޅުމާލޭގެ ރުއްގަނޑު2 ސަރަހައްދުން ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެ!

ހުޅުމާލޭގެ ރުއްގަނޑު 2 ސަރަހައްދުން ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެއެވެ.
ސްޓެލްކޯއިން ބުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލޭގެ ރުއްގަނޑު 2 ސަރަހައްދުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.
އަދިމައްސަލަ ދެނަގަނެ އެކަން ހައްލު ކުރުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށްވެސް ބުނެފައިވެއެވެ.
Advertisement
ސްޓެލްކޯއިން ބުނީ، ކުރިއަށް އޮތް 15 މިނެޓެއްހާއިރު ތެރޭ އެ ސަރަހައްދަށް އަލުން ކަރަންޓު ދެވިގެންދާނެ ކަމަށާ ކަރަންޓްގެ ޚިދުމަތް މެދުކެނޑުމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މަޢާފަށް އެދޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ