ލައިލަތުލްޤަދްރި ވިލެރޭގެ މަތިވެރި ދަރުމަ ލިބިގަތުމަށް ދުޢާކުރަން އެންމެ ފައިދާހުރި ގޮތް-: މުފްތީ މެންކް

ލައިލަތުލްޤަދްރި ވިލޭރޭގެ މަތިވެރިކަން ނުވަތަ އެރޭ ދެއްވަވާ ބޮޑު ދަރުމަ ލިބިގަންނަން ދުޢާކުރަން އެންމެ މަޝްހޫރު 2 ގޮތެއް އޮވެއެވެ. އެއީ ރަސޫލް ޞައއްލަﷲ ޢަލައިހި ވަސައްލަމް އަނބިކަނބަލުން ޢާއިޝަތުގެފާނަށް ދަސްފުޅުކޮށްދެއްވެވި ގޮތެވެ.  
اللَّهُمَّ إِنَّكَ عُفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي
عَنْ عَائِشَةَ قَالَتْ قُلْتُ يَا رَسُولَ اللَّهِ أَرَأَيْتَ إِنْ عَلِمْتُ أَيُّ لَيْلَةٍ لَيْلَةُ الْقَدْرِ مَا أَقُولُ فِيهَا قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قُولِي اللَّهُمَّ إِنَّكَ عُفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي
3513 سنن الترمذي كتاب الدعوات باب منه
5/490 المحدث الترمذي خلاصة حكم المحدث حسن صحيح في سنن الترمذي  
Aisha reported: I said, “O Messenger of Allah, if I know which night is the Night of Decree, what should I say during it?” The Messenger of Allah, peace and blessings be upon him, said, “Say: O Allah, You are pardoning. You love to forgive, so forgive me.”
Source: Sunan al-Tirmidhī 3513
Grade: Sahih (authentic) according to Al-Tirmidhi 
ދެވަނަ ގޮތެއް ކަމަށް މިނުނަނީ ފަހަތަށް "ޢައްނާ" ކިޔުމެވެ. އެއިރުން ބަދަލުވެގެން އެދަނީ ތިމާއަށާއި އެންމެހައި މީސްތަކުންނަށް ފާފަފުއްސަވައި ރަޙްމަތް ލެއްވެވުމަށެވެ. ދުޢާގައި ގިނަ ބައަކު ހިމެނުމަކީ އެންމެ ރަނގަޅު ގޮތެވެ. މި ދުޢާ މި ދެ ގޮތަށްވެސް ކުރަނީ އެސަބަބަށްޓަކައެވެ.  
ދެން ބުނެލަން ބޭނުންވަނީ ގިނަގިނައިން މިދުޢާ ކިޔުމުގެ އިތުރުން ޒަވާޖީ ޙަޔާތް ބާއްޖަވެރިވުމަށާއި، ދަތިޙާލުގައި އުޅެންޖެހުމުން ސަލާމަތްކޮށްދެއްވެވުމަށާއި ބައިވެރިޔާގެ ހިތުގައި ތިމާގެ މައްޗަށް ލޯބި އިތުރުވުމާއި، ދަރިންނަކީވެސް ޞާލިޙް އަޅުންކަމުގައި ލެއްވެވުމަށާއި އަދި ބަލިތަކަށް ޝިފާ ދެއްވެވުމަށާއި މިހެން ގޮސް އެމީހަކު އެދޭ ހުރިހާ ކަމަކަށްވެސް ދުޢާކުރާށެވެ!  
ލައިލަތުލްޤަދްރް ވިލޭރޭ ކުރާ ކޮންމެ އަޅުކަމެއްވެސް ވެގެންދާނީ 1000 މައްސަރުގައި ކުރި ކަމެއް ފަދައިންނެވެ. ވީމާ މިފަދައިން ދުޢާކުރުމުން އެކަންވެސް ހަމައެމަގުން ހިމެނިގެންދާނެއެވެ. އިން ޝާ ﷲ 
ތިމާއަށް ބޭނުންވާ ހުރިހާ ކަންކަމަށް އެދިގެން ދުޢާކުރުމުގެ އިތުރުން "ޔާ ﷲ! މިއަޅާ އާއި އެންމެހައި މުސްލިމުންގެ ފާފަތައް ފުއްސަވައި ދެއްވަވާނދޭވެ! އަޅަމެން އެންމެންގެ ދިރިއުޅުމަށް އުފާވެރިކަން ދެއްވަވާނދޭވެ! އަޅަމެން އެންމެންނަށް ޖަންނަތުލްފިރުދައުސް މިންވަރު ކުރައްވަވާނދޭވެ!" މިފަދަ މޭރުމުންވެސް ދުޢާކުރާށެވެ! އެއިރުން ތިބާއަކީ މީސްތަކުންނަށްޓަކައި 1000 މައްސަރަށްވުރެ ގިނަ ދުވަހު ދުޢާކުރި މީހަކަސްވެގެންދާނެއެވެ. އިން ޝާ ﷲ
 
- މުފްތީ މެންކުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ