އިމިގްރޭޝަންގެ ކޮންޓްރޯލާގެ މަގާމުން މާޗު 21، ގައި ވަކިކޮށް، އޭގެ އެއް ދުވަސް ފަހުން ހައްޔަރުކުރި މުހައްމަދު ޝަމްއާން ވަހީދުގެ ބަންދަށް ކްރިމިނަލް ކޯޓުން ޖެހި 15 ދުވަހުގެ މުއްދަތު ހައި ކޯޓުގައި އިސްތިއުނާފު ނުކުރެވޭނެ ކަމަށް އެ ކޯޓުން ނިންމައިފި އެވެ.
ހައި ކޯޓުގެ ރަޖިސްޓްރާގެ މަގާމާ މިވަގުތު ހަވާލުވެ ހުންނެވި އެ ކޯޓުގެ އެސިސްޓަންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ވަނީ އެ މައްސަލަ ބަލައިނުގަނެވޭނެކަން އަންގާފަ އެވެ.
ޝަމްއާނުގެ ފަރާތުން ވަނީ މުޅި މައްސަލައިގެ ތަހުގީގު ގާނޫނާ ހިލާފުވާނެ ކަމަށާއި، އެ ތަހުގީގާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ބާތިލުވާނެ ކަމަށް އިސްތިއުނާފީ ނުކުތާގައި ފާހަގަކޮށްފަ އެވެ. ނަމަވެސް، އެ ކަން ސާބިތު ކުރުމަށް ގާނޫނީ އަސާސެއް ހުށަހަޅާފައި ނުވާ ކަމަށް ހައި ކޯޓުގެ ނިންމުގައިވެ އެވެ.
ޝަމްއާން އަދި އެ ހިދުމަތުގެ އިތުރު އޮފިސަރުންތަކަކަށް ތުހުމަތުކޮށް ބަލަމުންދަނީ ބަންދުކުރި ބިދޭސީއަކު ދޫކޮށްލައި، އޭނާގެ އަތުން 530،000ރ. ނެގި މައްސަލަ އެވެ.
ޝަމްއާން ހައްޔަރު ކުރުމުގެ ކުރިން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އޭނާގެ މައްޗަށް ތުހުމަތުގެ ކުރެވޭ މައްސަލާގައި ހިމެނޭ ބިދޭސީ މީހާ ދިރިއުޅޭ ތަން ބަލައިފާސްކުރީ އެކަމަށް އިމިގްރޭޝަންގައި އޮންނަ ޑިޕާޓްމަންޓުތަކުގައި ނުހިމެނޭ މުވައްޒަފުންތަކެއް ކަމަށެވެ.
އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ހުއްޓާ ޖެހިގެން އައި ދުވަހު އެ ބިދޭސީ މީހާ، އޭނާގެ އަތުން ފެނުނު 530،000ރ. އާއެކު ދޫކޮށްލީ ޝަމްއާންގެ އެންގުމަށް ކަމަށް ފުލުހުން ބުންޏެވެ.
އެ ބިދޭސީ މީހާ ދޫކޮށްލުމަށް ފަހު އޭނާގެ އަތުން ފައިސާ ނެގީ އެ މީހާ ދިރިއުޅޭތަން ބަލައިފާސްކުރި އިމިގްރޭޝަންގެ މުވައްޒަފުން ކަމަށާއި އެ މީހުން އެކަން ކުރީ ބިދޭސީ މީހާއާ މަގުމަތިން ބައްދަލުކުރުމަށް ފަހު އެވެ.
ފުލުހުން ބުނީ، އެ މީހާގެ އަތުން ނެގި ފައިސާ ހިފައިގެން މިކަމުގައި ބައިވެރިވި އިމިގްރޭޝަންގެ އޮފިސަރުން ދިޔައީ ޝަމްއާން ދިރިއުޅޭ ގެއަށް ކަމަށެވެ.
ޝަމްއާންގެ ބަންދު އަމުރުގެ އިސްތިއުނާފު ހައި ކޯޓުން ބަލައިނުގަތް ޝަމްއާންގެ ބަންދު އަމުރުގެ އިސްތިއުނާފު ހައި ކޯޓުން ބަލައިނުގަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ