މި އިވެންޓުގައި އަޅާފައި އޮތް ކާޕެޓު ދުށިންތަ؟
މެޓް ގާލާގެ ކުލަގަދަ ހަފުލާ ނިމިގެން ދިޔައީއެވެ. މުޅި އިންޓަނެޓް ފުރާލާފައި އޮތީ އެތައް ބައިވަރު ސެލެބްރިޓީންނާއި އެ މީހުންގެ ރީތި ހެދުންތަކުގެ ފޮޓޯ އަދި ވީޑިއޯ މަންޒަރުތަކުންނެވެ. މިހެންކަމުން ގިނަ ބަޔަކަށް ވަނީ މި ހަފުލާގައި އަޅާފައި އޮތް ކާޕެޓަށް ސަމާލުކަން ނުދެވިގޮސްފައެވެ. ފެޝަންގެ ދުނިޔޭގެ އެންމެ ބޮޑު އެއް ހަފްލާގެ ގޮތުގައި އެންމެންވެސް ގަބޫލު ކުރާ މެޓްގާލާގައި އަޅާފައި އޮތް 63,000 އަކަ ފޫޓުގެ, ގަދަ ނޫ ކުލައިގެ އިކޯ ޕްރެންޑްލީ ރަގް ހަދާފައި ވަނީ އިންޑިޔާގެ ކެރެލާއަށް ނިސްބަތްވާ ބްރޭންޑަކުންނެވެ. ޝާހުރުކް ޚާން މެޓް ގާލާގެ ދޫލަމަތީ ހުއްޓިލައިގެން ހުދާއި ރީނދޫކުލައިގެ މާތަކެއް ޖަހާފައި ހުރި މި މާސިންގާ ރަގް ވިޔަން 480 މީހުން 90 އަށް ވުރެން ގިނަ ދުވަހު މަސަތްކަތް ކޮށްފައިވެއެވެ. އަދި މިއީ އެ މީހުން މެޓް ގާލާއަކަށް ތައްޔާރުކޮށްދީފައިވާ ތިންވަނަ ކާޕެޓްކަން ވެސް ވަނީ ފާހަގަކޮށްފައެވެ. "ނޭޓް ހޯމްސް ބައި އެކްސްޓްރާ ވީވް" ކިޔާ މި ބްރޭންޑުން ބުނެފައިވަނީ ކާޕެޓް ހެދުމަށްޓަކައި އަސްލު ސިސަލް ފައިބާ މަޑަގަސްކަރައިން އިންޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި ހުދުކުލައިގެ ބޭސް ވިއުމަށް ފަހު 57 ރޯލު ނިއު ޔޯކަށް ފޮނުވާލިއެވެ. ކާޕެޓުގެ ބޭސް ވެގެން ދިޔައީ މެޓް ގާލާގެ ތީމަށް ލިބުނު ހުދު ކެންވަސް އަކަށެވެ. ޕްރިޔަންކާ ޗޯޕްރާ އަދި ނިކް ޖޯނަސް މެޓް ގާލާ ދޫލަމަތީ ހުއްޓިލައިގެން ނިޔެޓް ނަމަކަށް ކިޔާ ކުންފުނިން ވޯގް އިންޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އެ މީހުންގެ މައިގަނޑު މަގުސަދަކީ ރޯ މެޓީރިއަލްތައް ބޭނުން ކޮށްގެން ޒަމާނުއްސުރެއް އެ މީހުންގެ ކާބަފައިން އެކަން ކުރުމަށް ގެންގުޅުނު އުކުޅުތައް ބޭނުން ކޮށްގެން ޒަމާނަަށް ފެތޭގޮތަށް ލަގްޒަރީ ކާޕެޓު ވެސް އުފެއްދޭނެކަން ސާބިތު ކޮށްދިނުން ކަމަށެވެ. މެޓް ގާލާގެ މި ހިތްގައިމު ފޯކަލް ޕޮއިންޓާއެކު މި އަހަރުގެ އެތައް ބައިވަރު ރީތިހެދުން ތަކެއް ވަނީ ފެނިގެން ގޮސްފައެވެ. މުޅި އިވެންޓުގެ ރީތިކަން ފުރިހަމަ ކޮށްދިނުމުގެ އިތުރުން މަސަތްކަތުގައި ބައިވެރިވި އެތައް ސަތޭކަ ބައެއްގެ ކުޅަދާނަކަން ކާޕެޓުން ފެނިގެން ގޮސްފިއެވެ. އާޓްއާއި ސަގާފަތުން އެކި ކަހަލަ މުޖުތަމައުތަކުގެ މީހުން ގުޅުވާލަދެވޭނެ ކަން އެންމެނަށް އަލުން ހަނދާންކޮށްދީފިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ