އަމިއްލައަށް ފުންމާލީއެއް ނޫން، ރައުދުގެ އިތުރުންވެސް މީހުން ތިބި: ޔުމްނު އެލައިޑް ކޮމިއުނިޓީ އަދި އެޑިއުކޭޝަން ފަންޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި ހެޔޮ އަގުގައި މެދުނުކެނޑި ބޭސް ހޯދުމަށް އެސްޓީއޯއިން، އިންޑިއާ ކުންފުންޏަކާއެކު ސޮއިކޮށްފި ތެލެސީ

މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވާ ޓެކްސް-ނޫން އާމްދަނީ، 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 32.3 އިންސައްތައިން އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ‘ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް’ ރިޕޯޓްގައިވާ ގޮތުން، މި މުއްދަތުގައި ޓެކްސްގެ އާމްދަނީވެސް ވަނީ އިތުރުވެފައެވެ. އެގޮތުން، ފަތުރުވެރިކަމުގެ ދާއިރާއަށް އައި ކުރިއެރުމާއި، ޓެކްސް ރޭޓްތަކަށް ސަރުކާރުން ގެނައި ބަދަލުތަކާއެކު، އެ ސިނާޢަތާ ގުޅުންހުރި ޓެކުހުގެ ބާވަތްތަކުން ދައުލަތަށް ލިބޭ އާމްދަނީ މިވަނީ އިތުރުވެފައެވެ. އެގޮތުން:
ނިމިގެންދިޔަ ހަފްތާގެ ‘ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް’ ރިޕޯޓްގައިވާ ގޮތުން، ޓެކްސް ނޫން އާމްދަނީގެ 20.1 އިންސައްތަ ހިއްސާކުރަނީ ރިސޯޓް ބިމުކުލީގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ. މީގެ އިތުރުން ދައުލަތުގެ ހަރަދު ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކާއެކު، 01 މެއި 2025 ގެ ނިޔަލަށް ދައުލަތް ހިންގުމުގެ ހަރަދު 8.6 އިންސައްތައިން އަދި ދަތުރުފަތުރުގެ ހަރަދު 21.8 އިންސައްތައިން ދަށްވެ، ޖުމުލަ ރިކަރަންޓް ހަރަދު 3.3 އިންސައްތައިން ވަނީ ދަށްވެފައެވެ.
މިއަހަރުގެ މި މުއްދަތުގެ ތެރޭގައި އާމްދަނީގެ ގޮތުގައި 13.5 ބިލިޔަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ހަރަދުގެ ގޮތުގައި ރެކޯޑުކޮށްފައިވަނީ 12.0 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި 2.1 ބިލިއަން ރުފިޔާއިން ޑެފިސިޓްވެފައި ހުރި އޯވަރޯލް ބެލެންސް އަރަނިވެފައި ހުރި 17 ވަނަ ހަފްތާއެވެ. 2025 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި މިއަހަރުގެ ތެރޭގައި ހިނގާނެކަމަށް އަންދާޒާކޮށްފައިވާ ޖުމުލަ ހަރަދުގެ ތެރެއިން، 01 މެއި 2025 ގެ ނިޔަލަށް ހިނގާފައިވަނީ 24.3 އިންސައްތައެވެ.
ސަރުކާރުގެ ފިސްކަލް ޕޮލިސީ ހަރުދަނާކުރުމަށް އެކުލަވައިލައިފައިވާ ސިޔާސަތުތައް މިއަހަރުގެ ތެރޭގައި ތަންފީޒުކުރަން ފަށައިފައިވުމާއެކު، ދައުލަތުގެ ޖުމުލަ ހަރަދު، ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ވަނީ 21.3 އިންސައްތައިން ދަށްވެފައެވެ. އެގޮތުން، ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި:
އެހެންނަމަވެސް، ޕޭ-ހާމަނައިޒޭޝަންގެ ތެރެއިން ފުލުހުންނާއި ސިފައިންގެ މުސާރައަށް ގެނެވުނު ބަދަލުތަކާއެކު މުވައްޒަފުންނަށް ކުރާ ހޭދަ އިތުރުވެފައިވުމުގެ ސަބަބުން، އެ ހަރަދު ވަނީ، ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 7.5 އިންސައްތައިން އިތުރުވެފައެވެ.
މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 13.5 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ